އިތުރު ގޭންގަކުން ދިވެހި ފުލުހުންނާ ދިމާކޮށްލައިފި، ސީޕީ ވިދާޅުވަނީ ދޫ ނުދެއްވާނެކަމަށް

ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ދިވެހި ފުލުހުންގެ ފުލުހުންތަކަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނިކޮށް މާފަންނަށް ނިސްބަތްވާ ގޭންގަކުންވެސް ދިވެހި ފުލުހުންނާ ދިމާކޮށްލައިފިއެވެ. މިކަން ހާމަކުރައްވަމުން...

18 Sep 2022 | 17:31

ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ދިވެހި ފުލުހުންގެ ފުލުހުންތަކަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނިކޮށް މާފަންނަށް ނިސްބަތްވާ ގޭންގަކުންވެސް ދިވެހި ފުލުހުންނާ ދިމާކޮށްލައިފިއެވެ.

މިކަން ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަތްން ކަމަށެވެ.

"ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ވަނީ ހައްޔަރުކުރެވިފަ!" ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށާއި ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މާފަންނުން ގޭންގެއް ފުލުހުންނާ ދިމާކޮށްލާފައިވާއިރު ހެންވޭރުން ފުލުހުންނަށް ގޭންގަކުން ހަމަލާދިން މައްސަލައިގާ މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް