-ޓައިވާނުގެ އައްސޭރި ފަށަށް މިއަދުވެސް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ އެވެ.
މިއަދު ހެނދުނު7.2 މެގްނެޓިއުޑްގެ ބާރުގަދަ ބިން ހެލުން އައީ ޓައިވާންގެ އިރުމަތީ އައްސޭރި ފަށުގެ ކަނޑުއަޑިއަށެވެ. މި ބިންހެލުމާއި ގުޅިގެން އެ ސަރަހައްދާއި ޖަޕާނުގެ އެ ރީޖަންއަކަށް ސުނާމީގެ އިންޒާރު ނެރުނެވެ.
ޖަޕާނުގައި ސުނާމީ އިންޒާރު ނެރުނީ ހުޅަނގުދެކުނުގައި އޮންނަ މިޔަކޮޖިމާ އާއި ޔައެޔަމާ ރީޖަން އަށެވެ. އެކަމަކު ފަހުން ވަނީ އެ އެލާޓުވެސް އުވާލާފަ އެވެ
ޓައިވާނަށް މިއަދު އައި ބިން ހެލުމުގައ އައްސޭރި ފަށުގެ އަވަށެއް ކަމަށްވާ ޔޫލީގައި އިމާރާތެއް ވެއްޓި ތާށިވި ދެ މީހަކު ސަލާމަތް ކޮށްފައިވެ އެވެ. އަދި ބްރިޖެއް ވެއްޓުނު އިރު ދުއްވާފައި ދިޔަ ކާރުތަކެއް ވެއްޓުމުން އެ ކާރުތަކުގައި ތިބި ތިން މީހުން ސަލާމަތް ކޮށްފައިވެ އެވެ.
އިއްޔެ ޓައިވާނުގެ ދެކުނު އިރުމަތީ ސަރަޙައްދަކަށް އައިސްފައިވަނީ 6.4 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. ޓައިވާނުގެ އައްސޭރިފަށުގެ ސަރަޙައްދަށް ދޭތެރެ ދޭތެރެއިން ބިންހެލުން އާދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް