މާލޭ ބަސް ދަތުރުތަށް އިތުރު ދެ ހަފްތާއަށް ހިލޭ

މާލޭގައި އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތް އިތުރު ދެ ހަފްތާގައި ހިލޭ ދޭން ނިންމައިފި އެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީޑިއާގައި ވިދާޅުވީ މުއްދަތު އިތުރު ކުރަން ނިންމީ ބަހުގެ ރޫޓްތަކާއި، ޓި...

18 Sep 2022 | 10:41

މާލޭގައި އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތް އިތުރު ދެ ހަފްތާގައި ހިލޭ ދޭން ނިންމައިފި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީޑިއާގައި ވިދާޅުވީ މުއްދަތު އިތުރު ކުރަން ނިންމީ ބަހުގެ ރޫޓްތަކާއި، ޓިކެޓް ނެގުމަށް އާއްމުން އިތުރަށް އަހުލުވެރިކުރުވަންކަމަށެވެ. ބަހުގެ ހިދުމަތަށް ޓިކެޓު ނެގޭނީ އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށެވެ.

ކުރިން ހަމަޖައްސާފައި އޮތް ގޮތުން މާދަމާއިން ފެށިގެން ބަހުގެ ހިދުމަތަށް މާލޭގައި އަގު ނަގަން ފަށާނެ އެވެ. މާލެތެރޭގައި ބަހުގެ ދަތުރެއްގެ އަގަކީ ހަތް ރުފިޔާ އެވެ.

އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރު ކުރެ އެވެ. އަދި މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރެ އެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައި ހުރެ އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި 18 ބަސް ބޭނުން ކުރާނެ އެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަހެވެ. މިނީ ބަސްތަކުގައި 20-22 މީހުންނަށް އިޗީންދެގެން އަދި 10 މީހުންނަށް ކޮޅަށް ދަތުރު ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް