އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް އަބްދުއްރަހްމާންވެސް އެއްބަސްވެއްޖެ

ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގިކަމަށް އަބްދުއްރަހްމާން ރަފީއުވެސް އެއްބަސްވެއްޖެއެވެ. އަބްދުއްރަހްމާން ރަފީއަކީ އަލްމްގީރާއެކު އެއް ޖިންސުން ގުޅުން ...

18 Sep 2022 | 10:12

ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގިކަމަށް އަބްދުއްރަހްމާން ރަފީއުވެސް އެއްބަސްވެއްޖެއެވެ.

އަބްދުއްރަހްމާން ރަފީއަކީ އަލްމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ފުލުހެކެވެ. މީނާވެސް އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގިކަން ފެންމަތިވެގެންދިޔައީ އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގި ގިނަބައެއްގެ ވީޑިއޯތަކެއް ލީކުވީއިރު އޭގެން ވީޑިއޯއެއް ލީކުވުމުންނެވެ.

އަބްދުއްރަހްމާން އަލަމްގީރާއެކު އެއް ޖިންސުން ގުޅުންހިންގިކަމަށް އިއުތިރާފުވެފައިވާއިރު އޭނާގެ މައްޗަށް ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. އެއީ އަވަސް ނިޔާގެ އަޑުއެހުމެކެވެ.

އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި އަސާސީ އަދަބެއްގެ ގޮތުގައި އޮންނަނީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. އެހެންނަމަވެސް ކުށަށް އިއުތިރާފުވުމުން އަދަބު ލުއިވާނެކަމުގައި ބެލެވެއެވެ.

އަބްދުއްރަހްމާން މިކަމަށް އެއްބަސްވެފައިވާއިރު އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގިކަމަށް ގާނޫނީ ވަކީލު ނާޒިމް ސައްތާރުވެސް އެއްބަސްވިއެވެ. އަދި އެކަމާ ދެރަވާކަމާއި ރައްޔިތުންގެ ކިބައިން މާފަށް އެދޭކަންވެސް ހާމަކުރިއެވެ.

ނާޒިމްގެ މައްޗަށް އިއްވީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ގޭ ބަންދުގެ ހުކުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް