ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރަން ދެ މީހަކު ހޯދަނީ

ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއެއްގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ނުވެގެން ދެ މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ. ލުހުން ބުނީ އެ ދެ ފިރިހެނުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ކ...

18 Sep 2022 | 08:23

ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއެއްގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ނުވެގެން ދެ މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ލުހުން ބުނީ އެ ދެ ފިރިހެނުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.

އެ މައްސަލައިގައި ފުލުހުން ހޯދަނީ ތ. ވިލުފުށީ ހައިވަކަރުގެ އުމުރުން 21 އަހަރުގެ އިބްރާހިމް އިރުފާނު އާއި މާލޭ ދަފްތަރު ނަންބަރު ދރ. 521 އުމުރުން 26 އަހަރުގެ އުޝާން އަދުނާން އެވެ.

އެ ދެ މީހުން ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

އެމީހުން ކޯޓަށް ހާޒިރު ކޮށްދިނުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރެފައިވަނީ އަންނަ ންނަ އަންގާރަ ދުވަހު، މެންދުރު ދޭއް ޖަހާއިރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް