25 ހާސް ޕާކިން ވަޔަލޭޝަން ސްޓިކާ ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

ޕާކިން ވަޔަލޭޝަން ސްޓިކާގެ 25 ހާސް ސްޓިކާ ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އިއުލާނުކޮށްފިއެވެ. އެ އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައ...

18 Sep 2022 | 08:13

ޕާކިން ވަޔަލޭޝަން ސްޓިކާގެ 25 ހާސް ސްޓިކާ ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އިއުލާނުކޮށްފިއެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރު 26 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ސްޓާ ކްލައުޑް ބިލްޑިންގް 03 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ.

"މިއިޢުލާނާ ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.

25 ހާސް ޕާކިން ސްޓިކާ ޗާޕުކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުމަކީ ދިވެހި ފުލުހުން އަދާކުރާ ހަމައެކަނި ގާނޫނީ ވާޖިބުކަމުގައި ބުނެ އަބަދުވެސް މިކަމާއިމެދު ވަރަށް ބޮޑަށް ފާޑުކިޔަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް