އަގުބޮޑު އިނާމުތަކާ އެކު އެސްޓީއޯ އިން ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެއް - ނަމަކީ ދޮވެހިއްކާ ޕްރޮމޯ!

އަގުބޮޑު އިނާމުތަކާ އެކު އެސްޓީއޯ އިން ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. "ދޮވެހިއްކާ ޕްރޮމޯ" ގެ ނަމުގައި ކުރިއަށް ދޮވެ ހިއްކާ ޕްރޮމޯއަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ...

18 Sep 2022 | 07:25

އަގުބޮޑު އިނާމުތަކާ އެކު އެސްޓީއޯ އިން ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ދޮވެހިއްކާ ޕްރޮމޯ" ގެ ނަމުގައި ކުރިއަށް ދޮވެ ހިއްކާ ޕްރޮމޯއަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ޕްރޮމޯޝަން ކުރިޔަށް ގެންދަނީ މިއަދުން ފެށިގެން 5 ނޮވެމްބަރ ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުންވެސް %10 ގެ ޑިސްކައުންޓް ލިބޭއިރު، ޕަރސިލް ބެރޭންޑްގެ ޑިޓަރޖެންޓް ތިން ފުޅި ލިބޭނެއެވެ.

މީގެ އިތުރުން ބޮޑު އިނާމްތަކެއް ވެސް ލިބޭ މި ޕްރޮމޯޝަން ގައި ހިޓާޗީ މެޝިން ބައްލަވައިގަންނަވާއިރު، ކޮންމެ -/1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެއެވެ.

ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރިޖެއް ލިބޭ އިރު، ދެވަނައަށް ހޮވޭ ފަރާތަށް 12000 ބީޓީޔޫގެ ހިޓާޗީ އެއަރކޮންޑިޝަނަރ އެއް އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ޝަވަރ ހީޓަރ އަކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް ލިބޭނެއެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނަރއެއް ވެސް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް