ގިރިފުށި ކައިރިން ދަތުރު ކުރާއިރު ސަމާލުވާން އަންގައިފި

ތަމްރީންތަކެއް ކުރިޔަށް ދާތީ އަސްކަރީ ރަށް ކ. ގިރިފުށީ ކައިރިން ދަތުރު ކުރާއިރު ސަމާލުވާން އަންގައިފި އެވެ. ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެމްއެންއެފ...

18 Sep 2022 | 06:20

ތަމްރީންތަކެއް ކުރިޔަށް ދާތީ އަސްކަރީ ރަށް ކ. ގިރިފުށީ ކައިރިން ދަތުރު ކުރާއިރު ސަމާލުވާން އަންގައިފި އެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެމްއެންއެފްގެ މި ތަމްރީންތައް ކުރިޔަށް ގެންދަނީ މިމަހުގެ 20 އިން 22 އަށް ކަމަށެވެ. ތަމްރީން ކުރިޔަށް ގެންދާނީ އެ މުއްދަތުގައި ކޮންމެ ރެއެއްގެ 6:30 ން 10:30 އަށެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 1300 މީޓަރު

ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރު

ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް

ތަމްރީން ކުރިއަށް ގެންދާނީ ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު ފަރާތުގައެވެ.

އެހެންކަމުން މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރާ ކަމަށް އިއުލާނުގައި ވެއެވެ.

ފަހަކަށް އައިސް ސިފައިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް ވަނީ އިތުރުކޮށްފައެވެ. ދާދިފަހުން ލ.އަތޮޅުގައި ވެސް ސިފައިން ވަނީ ބޮޑު އަސްކަރީ ތަމްރީނެއް ކުރިއަށް ގެންގޮސްފައެވެ. އެއީ އިންޑިއާ ސިފައިންނާއި ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް