ބަލިވެ އިންފަހުން ދަންވަރު އާލިއާ ޕިއްޒާ ކާހިތްވަނީ!

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓު ކިތަންމެ ކުޑަ ކަމެއް ކޮށްލިޔަސް ކިތަންމެ ކުޑަ އެއްޗެއް ބުނެލިޔަސް މިހާރު އެވަނީ ވަރަށް ބޮޑު ކަމަކަށެވެ. ބޮލީވުޑްގައި އޭނާ ހޯދަމުންދިޔަ ކާމިޔާބީގެ ވާހަކަ މަޑުނުޖެހިގެން އު...

18 Sep 2022 | 05:23

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓު ކިތަންމެ ކުޑަ ކަމެއް ކޮށްލިޔަސް ކިތަންމެ ކުޑަ އެއްޗެއް ބުނެލިޔަސް މިހާރު އެވަނީ ވަރަށް ބޮޑު ކަމަކަށެވެ.

ބޮލީވުޑްގައި އޭނާ ހޯދަމުންދިޔަ ކާމިޔާބީގެ ވާހަކަ މަޑުނުޖެހިގެން އުޅެނިކޮށް ލޯބީގެ ގޮތުން ގުޅި، ކައިވެނި ކުރީ ރަންބީރު ކަޕޫރާއި އެވެ. މި ކައިވެންޏަށް ފަހުވެސް އާލިއާގެ ވާހަކައަށްވުރެ ވަކި ގަދަ އަޑެއް ނެތެވެ. މިހާރު އޭނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ.

އާލިއާ ބަނޑުބޮޑުވީންސުރެ އޭނާގެ ބަނޑަށް އަންނަމުންދާ ބަދަލާއި ކާހިތްވާ އެއްޗިއްސާއި ބަލިވެ އިނުމުން ހަށިގަނޑަށް އަންނަމުންދާ ބަދަލީ ކޮންމެ ދުވަހަކު ނޫސްތަކަށް އަރާ ވާހަކަ އެވެ. މިފަހަރުވެސް މިއުޅެނީ އެކަހަލަ ވާހަކަ އެކެވެ.

އާލިއާ އަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ގިނައިން ސަޕޯޓަރުންނާއި ވާހަކަދައްކާ މީހެކެވެ. ރޭ ދަންވަރު އޭނާ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުން ކައިރީ އެދުނީ މުމްބާއީގައި ޕިއްޒާ ވިއްކާ ތަނެއްގެ ނަން ބުނެދިނުމަށެވެ.

އާލިއާ ބުނީ އޭނާ ބޭނުންވަނީ އިޓާލިއަން ޕިއްޒާ އެންމެ މީރުކޮށް ހަދާ ތަނެއްގެ ނަން ކަމަށެވެ. އޭނާގެ އެދުމަށް ސަޕޯޓަރުން ޖަވާބު ފޮނުވި އަދަދެއް އަދި ހާމައެއް ނުކުރެ އެވެ. މީގެ ކުރިން އާލިއާ ކުރާ މިފަދަ ސުވާލުތަކަށް އެތައް ސަތޭކަ ބަޔަކު އޭނާއަށް ޖަވާބުދީ މެސެޖު ކުރެ އެވެ.

އާލިއާ ވިހާނެ ކަމަށް ލަފާ ކުރަނީ އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް