ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހުމަދު އަވަހާރަވެއްޖެ

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހުމަދު ހުސައިން އަވަހާރަ ވެއްޖެ އެވެ. މުހައްމަދު އަ ވަހާރަވީ މިއަދުގެ ވަގުތެއްގައި އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ. މުހައްމަދު އަހުމަދު އަވަހާރަވ...

18 Sep 2022 | 04:50

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހުމަދު ހުސައިން އަވަހާރަ ވެއްޖެ އެވެ.

މުހައްމަދު އަ ވަހާރަވީ މިއަދުގެ ވަގުތެއްގައި އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

މުހައްމަދު އަހުމަދު އަވަހާރަވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ހާރިޖީ ދާއިރާއަށް މުހައްމަދު އަހުމަދު ކުރެއްވި ހިދުމަތްތައް ފާހަގަކުރައްވާ، އެބޭފުޅާގެ އާއިލާއަށް ހަމްދަރުދީ ފޮނުއްވާފަ އެވެ.

މުހައްމަދަކީ ކުރީގެ ޗީފް އޮފް ޕްރޮޓޯލްގެ މަގާމުގެ އިތުރުން ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އިމިގްރޭޝަން ޑިޕާޓްމެންޓާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އޭނާ ވެރިއަކަށް ހުންނަވައިގެން ހިންގަވާފައިވެ އެވެ.

މުހައްމަދުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް