މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނަސީމް (ބީއޭ ނަސީމް) ނިޔާވެއްޖެ އެވެ.
ބީއޭ ނަސީމް ނިޔާވީ މިއަދު ހެނދުނު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވި އިރު އުމުރުފުޅަކީ80 އަހަރެވެ.
ނަސީމަކީ އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެވި ދިވެހިންގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނުމު މީހުންގެ ތެރެއިން ބޭފުޅެކެވެ. ނަސީމް އާ މުހާތަބުކޮށް "ބީއޭ" ގެ ލަގަބް ދިނީ ވެސް އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެވުމުންނެވެ.
ބީއޭ ނަސީމަކީ، މަދީނާ ޔުނިވަސިޓީން އެންމެ ފުރަތަމަ ނިންމި ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ނަސީމް ސިޔާސި މަޝްރަހުގައި ވިދާލީ ކުރީގެ ރައީސް މައުމޫން އަބދުލް ގައްޔޫމްގެ ވެރިކަން ބަދަލު ކުރަން އެމްޑީޕީ އާއި އެކު ކުރެއްވި މަސައްކަތުންނެވެ. އެމްޑީޕީން އޭނާ ވަކިވެވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ހިޔާލު ތަފާތު 2011 ގަ އެވެ.
ބީއޭ ނަސީމްގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް