ރާނީގެ ސަންދޯއް ބަލައިލަން މޫސާ އަންވަރު 13 ގަޑިއިރު ކިޔޫގައި

13 ގަޑިއިރަށްވުރެ ގިނައިރު ކިޔޫގައި ހުރެގެން އިނގިރޭސި ރާނީގެ ސަންދޯއް އެންމެ ފަހުން ފެނިއްޖެކަމުގައި ދިވެހި ސޯޝަލް މީޑިއާ އެކްޓިވިސްޓް މޫސާ އަންވަރު ބުނެފިއެވެ. މޫސަ މިކަން ހާމަކޮށްފައިވަނީ ރޭގައި އޭ...

18 Sep 2022 | 02:36

13 ގަޑިއިރަށްވުރެ ގިނައިރު ކިޔޫގައި ހުރެގެން އިނގިރޭސި ރާނީގެ ސަންދޯއް އެންމެ ފަހުން ފެނިއްޖެކަމުގައި ދިވެހި ސޯޝަލް މީޑިއާ އެކްޓިވިސްޓް މޫސާ އަންވަރު ބުނެފިއެވެ.

މޫސަ މިކަން ހާމަކޮށްފައިވަނީ ރޭގައި އޭނާކުރި ޓްވީޓެއްގައެވެ.

އެގޮތުން މޫސަ ބުނެފައިވަނީ 13 ގަޑިއިރަށްވުރެ ގިނައިރު ކިޔޫގައި ހުރެގެން ރާނީގެ ސަންދޯއް ފެނުމުގެ ފުރުސަތު ލިބިގެންގޮސްފި ކަމަށެވެ.

"60 އަހަރު ކުރިން ރާނީގެ ޒައާމަތުގައި އައްޑުއަށް ގެނެސްދިން ރަންޒަމާނާމެދު އަބަދަށް ޝުކުރުވެރިވަމު" މޫސާ އަންވަރުގެ ޓްވީޓްގައި ބުނެފައިވެއެވެ.

https://twitter.com/moosaanvar/status/1571165117345136640?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1571165117345136640%7Ctwgr%5E9541ba896c5c37fc5af726c5d66146adf6439058%7Ctwcon%5Es1_&ref_url=https%3A%2F%2Fgaafu.mv%2F78448

ރާނީގެ ސަންދޯއް ދެކެލުމަށް އެތައް ބަޔަކު ކިޔޫގައި އެތައް ގަޑިއިރެއް ހޭދަކުރަމުން އަންނައިރު ރާނީއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ގައުމުތަކުގެ ވެރިން އަންނަނީ އިނގިރޭސިވިލާތަށް ދަތުރުކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް