ސުއޭޒް ކެނަލުން ނަގާ ފީ ބޮޑުކުރަން ނިންމައިފި

މިސްރުގެ ސުއޭޒް ކެނަލުން ނަގަމުން އަންނަ ޓްރާންސިޓް ފީ އަންނަ އަހަރުން ފެށިގެން ބޮޑުވާނެކަން އިއުލާނުކޮށްފިއެވެ. އެގޮތުން އެ ކެނަލް އޮތޯރިޓީގެ ޗެއާމަން އޮސާމާ ރަބީ އިއްޔެ ހާމަކޮށްފައިވާގޮތުގައި 2023 ވ...

18 Sep 2022 | 01:23

މިސްރުގެ ސުއޭޒް ކެނަލުން ނަގަމުން އަންނަ ޓްރާންސިޓް ފީ އަންނަ އަހަރުން ފެށިގެން ބޮޑުވާނެކަން އިއުލާނުކޮށްފިއެވެ.

އެގޮތުން އެ ކެނަލް އޮތޯރިޓީގެ ޗެއާމަން އޮސާމާ ރަބީ އިއްޔެ ހާމަކޮށްފައިވާގޮތުގައި 2023 ވަނަ އަހަރުން ފެށިގެން ކާގޯ ބޯޓުތަކުގެ ޓްރާންސިޓް ފީ 15 އިންސައްތަ ބޮޑުކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ފަތުރުވެރިން ގޮވައިގެން ދަތުރުކުރާ ބޯޓުތަކުގެ ފީވެސް 10 އިންސައްތަ ބޮޑުވާނެކަމުގައި ބުނެފައިވެއެވެ.

މި ބަދަލަށް އަމަލުކުރަން ފަށާނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ސުއޭޒް ކެނަލަކީ ދުނިޔޭގެ ވިޔަފާރީގެ އެންމެ ކާރުބާރުބޮޑު އެއް ރޫޓުކަމުގައިވާއިރު ފީ ބޮޑުކުރަން ނިންމި މި ނިންމުމާއެކު އިންފްލޭޝަނަށް މިކަމުގެ އަސަރު ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް