ފިޔަވަތީ މައްސަލައިގަ އިދިކޮޅުން އިހުތިޖާޖަށް

ފިޔަވަތީގެ މައްސަލައިގަ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އިހުތިޖާޖަށް ނުކުންނަން ތަައްޔާރު ވެއްޖެ އެވެ. މިކަން ހާމަ ކުރީ މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. މި ބައްދަލ...

18 Sep 2021 | 18:51

ފިޔަވަތީގެ މައްސަލައިގަ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އިހުތިޖާޖަށް ނުކުންނަން ތަައްޔާރު ވެއްޖެ އެވެ.

މިކަން ހާމަ ކުރީ މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.

މި ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، މި އިހުތިޖާޖު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާރޭ8:30 ގައި ކަމަށެވެ. އޭނާ ވިދާޅުވީ ފިޔަވަތީގައި ވަރަށް ބޮޑު ހާދިސާއެއް ހިނގާފައިވާތީ ގިނަ ބަޔަކު ިހާރުވެސް އަޑު އުފުލަމުން ދާ ކަމަށާއި އިދިކޮޅުގެ އިހުތިޖާޖަކީ ޖެންޑަރ މިނިސްޓްރީގެ އިހުމާލުން ހިނގަމުންދާ ބޮޑެތި ކަންތައްތަކާއި ދެކޮޅުކަަން ހާމަ ކުރުން ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، މިއީ ސިޔާސީ މަގްސަދެއްގައި ކުރާ އިހުތިޖާޖެއް ނޫން ކަމަށެވެ. އެއީ ދިވެހިރާއްޖޭގައި ގެއްލެމުންދާ އަސާސްތައް ނަގައި ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.

ހަކަ ދައްކަވަމުން ހޮރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، 2018 ވަނަ އަހަރު އެދުދުނު ވެރިކަމުގެ ސަބަބުން ދުވަހަކު ވެސް ރައްޔިތުން ނުދެކޭފަދަ އަނދިރި، ނާމާން މިސްރާބަކަށް ގައުމު ގޮސްފައިވާ ކަމަށެވެ.

އަދި އެކަންކަމާއި ދެކޮޅަށް އިދިކޮޅުން ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް