މިއަދު ކޯވިޑް އަދަދުތައް 160ން މަތީގައި

ރާއްޖެއިން އިތުރު162 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 106 މީހުންނާއި މާލެއިން 49 މީހުންނެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ ހަ މީހުންނަށެވެ. ދެން ...

18 Sep 2021 | 17:32

ރާއްޖެއިން އިތުރު162 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 106 މީހުންނާއި މާލެއިން 49 މީހުންނެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ ހަ މީހުންނަށެވެ. ދެން މިއަދު ކޯވިޑް ޖެހިފައިވަނީ ސަފާރީތަކުން މީހަކަށެވެ.

ކޯވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 5،195 ސާމްޕަލެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 1،708 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 23 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 81،544 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 229 އަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 83،494 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް