ޖަރުމަން ލީގު: ބޮޑު މޮޅަކާއި އެކު ބަޔާން ލީގުގެ އެއްވަނައަށް

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަލަށް ކޮލިފައިވި ބޮކޫމްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދާ ލީގުގެ އެއްވަނައަށް ބަޔާން ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ބޮކޫމްއާއި ދެކޮޅަށް ކުޅުނު މި މެޗުން ...

18 Sep 2021 | 17:17

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަލަށް ކޮލިފައިވި ބޮކޫމްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދާ ލީގުގެ އެއްވަނައަށް ބަޔާން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ބޮކޫމްއާއި ދެކޮޅަށް ކުޅުނު މި މެޗުން ބަޔާން މޮޅުވީ 0-7 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެންވެސް މޮޅަށް ކުޅެމުން ދިޔަ ބަޔާނުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓުގައެވެ. މި ލަނޑު ބަޔާނަށް ކާމިޔާބު ކޮށްދިނީ ލިރޮއީ ސާނޭއެވެ. އޭގެ ހަ މިނެޓު ފަހުން ކިމިޗް ބަޔާންގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިން އިރު ބަޔާންގެ ތިން ވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގިނެބްރީއެވެ. މެޗުގައި ބަޔާނުން ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑަކީ ބޮކޫމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ހަތަރު ލަނޑުގެ ލީޑެއްގައި އޮވެ ބަޔާނުން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ފަސް ވަނަ ލަނޑދު ކާމިޔާބު ކޮށްދިނީ ރޮބަޓް ލެވެންޑޯސްކީއެވެ. ބަޔާނުން މެޗުގެ ހަވަނަ ލަނޑު ކިމިޗް ކާމިޔާބު ކޮށްދިންއިރު، އެޓީމުގެ ހަތްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކޫޕޯ މޯޓިންއެވެ.

މި މޮޅާއި އެކު ބަޔާންއިން މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މެޗަކުން ބަލިވެފައެއް ނުވެއެވެ. މިރޭގެ މޮޅާއި އެކު 13 ޕޮއިންޓު ލިބިގެން ބަޔާން ލީގުގެ އެއްވަނައަށް އެރިއިރު، ލީގުގެ ދެވަނާގައި އޮތީ ބަޔާނަށްވުރެ އެއް މެޗުން މަދުން ކުޅެގެން 12 ޕޮއިންޓާއި އެކު އޮތީ ވުލްފްބާގްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް