ޕްރިމިއާ ލީގު: އާސެނަލް ލީގުގެ ދެވަނަ މޮޅު ހޯދާ އުންމީދު އާކޮށްފި

އިނިގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބާންލީއާއި ދެކޮލަށް ކުޅުނު މެޗުން އާސެނަލް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. މެޗު ފެށިގެން ރަނގަ...

18 Sep 2021 | 16:53

އިނިގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބާންލީއާއި ދެކޮލަށް ކުޅުނު މެޗުން އާސެނަލް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔަ އާސެނަލުން މެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އާސެނަލްއަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ނޯވޭ މިޑްފީލްޑަރ މާޓިން އޮޑިގާޑްއެވެ. މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެފައިވަނީ އާސެނަލުންނެވެ. އެގޮތުން ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ފުރުސަތު ވެސް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.

މެޗުގެ ފަހުހާފުގެ ކުޅުމަށް ނިކުމެވެސް ރަނގަޅަށް ކުޅެމުން ދިޔައީ އާސެނަލުންނެވެ. ނަމަވެސް މި ހާފުގައި ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަސްކުރެވިފައެއް ނުވެއެވެ.

މިރޭގެ މެޗުން އާސެނަލް މޮޅުވި އިރު، މިއީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީ މޮޅުވި ދެވަނަ މެޗެވެ. ތިން މެޗުން ވަނީ ބަލިވެފައެވެ. މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު އެޓީމަށް ވަނީ ކުޅުނު ފަސްމެޗުން ހަ ޕޮއިންޓް ލިބިފައެވެ. އެގޮތުން އެޓީމު މިވަގުތު އޮތީ މި ހަ ޕޮއިންޓާއި އެކު ލީގުގެ 12 ވަނާގައެވެ. އާސެނަލް އަތުން ބަލިވި ބާންލީ އޮތީ ލީގުގެ 19 ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް