ނައިބު ރައީސް ފައިސަލް ނަސީމު ހުޅުމާލޭގައި ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަހައްޓާ ފިޔަވައްޗަށް ވަޑައިގެން އެތަނުގައި ބަލަހައްޓަމުންދާ ކުދިންނާއި މުވައްޒަފުންނާއި ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސް ވަޑައިގެންނެވީ ފިޔަވަތީގައި ފާއިތުވި ތިން ދުވަސްމަތިން ހިނގާފައިވާ ހާދިސާއާއި ގުޅިގެން ކަމަށެވެ.
މި ޒިޔާރަތުގައި އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.
އެމަނިކުފާނުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއާއި، ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ އާއި ހޯމް މިނިސްޓަރު އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާއި ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސާވިސަސްގެ ޓީމަކުން ދަނީ ފިޔަވަތީ މައްސަލައިގަ ބައެއް މަސައްކަތްތައް މިހާރުވެސް ކުރަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އަންނަނީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުން ކަމަށް މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް