އިންޑިއާގަ ކުއްޖަކު ރޭޕްކޮށް މަރާލި މީހަކު މަރުވިގޮތުން މައްސަލަ އިތުރަށް ހޫނުވެއްޖެ

އިންޑިއާގެ ހައިދަރްއާބާދުގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައިގަ ތުހުމަތު ކުރެވޭމީހާ ރޭލެއްގެ ދަށުވެ މަރުވުމުން އޭނާގެ މަރާއި މެދު ސުވާލު އުފެދި މައްސަލަ އިތުރަށް...

18 Sep 2021 | 12:14

އިންޑިއާގެ ހައިދަރްއާބާދުގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައިގަ ތުހުމަތު ކުރެވޭމީހާ ރޭލެއްގެ ދަށުވެ މަރުވުމުން އޭނާގެ މަރާއި މެދު ސުވާލު އުފެދި މައްސަލަ އިތުރަށް ހޫނު ވެއްޖެ އެވެ،

މިދިޔަ ހަފްތާގައި ހަ އަހަރުގެ އަންހެން ކުއްޖާ ގެއްލުނީ ގޭގައި އުޅެނިކޮށެވެ. އެ ކުއްޖާ ފެނިފައިވަނި އޭގެ ގަޑިއިރުތަކެއް ފަހުން އެ ކުއްޖާގެ ގެއާ މާދުރު ނޫން ހިސާބެއްގައި ހުންނަ އެފިރިހެންމިހާގެ ގޭގައި މަރުވެފައި އޮއްވަ އެވެ.

އެކުއްޖާގެ ޕޯސްޓްމޯތަމް ރިޕޯޓު ދައްކާގޮތުން އެ ކުއްޖާއަށް އުމުރުން 30 އަހަރުގެ ޕައްލާކޮންޑާ ރާޖޫ ކިޔާ އެމީހާ ވަނީ ޖިންސީ ގޯނާ ކޮށްފައި އެވެ. އެއާ އެކު ހައިދަރްއާބާދުގައި ވަރުގަދަ މުޒާހަރާތަކެއް ފަށައި ރާޖޫ ހައްޔަރު ކުރުމަށް ދިޔައީ ގޮވާލަމުންނެވެ.

ރާޖޫ ވަނީ އެކަން ފަޅާ އެރުމާއި އެކު ފިލާފަ އެވެ. އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ހައިދަރްއާބާދު ފުލުހުން ވަނީ ރާޖޫ ކަމަށް ޔަގީން ކުރެވޭ މީހަކު ރޭލެއްގައިި ޖެހި މަރުވެފައިވާ ކަމަށް ބުނެފަ އެވެ. ޝައްކު އުފެދުނީ އެހާ ހިސާބުންނެވެ.

އެ ކުއްޖާ މަރުވެފަ އޮއްވަ ފެނުނުތާ ގަޑިއެއްހާއިރު ފަހުން އެ ސިޓީގެ ޕޮލިސް ކޮމިޝަނަރު ވަނީ ރާޖޫ ހައްޔަރު ކުރެވުނު ކަމަށް ޓުވީޓުގައި ކޮށްފަ އެވެ. އެކަމަކު ފަހުން ވަނީ އެއީ އޮޅުމަކުން ކުރެވުނު ޓުވީޓެއް ކަމަށް ބުނެފަ އެވެ.

ރާޖޫ ރޭލު ދަގަނޑު މަތީގައި މަރުވެފައި އޮއްވަ ފެނިފައިވަނީ އޭގެ ކުރީ ދުވަހު ފުލުހުން އޭނާގެ ބޮލަށް 13،000 ރުޕީސް ހުށަހަޅާފައި ވަނިކޮށެވެ. ފުލުހުން ބުނީ އެއީ ރާޖޫކަން ކަށަވަރު ކުރެވުނީ އޭނާ އަތުގައި ޖަހާފައިވާ ޓެޓޫއިން ކަމަށާއި ބުދަ ދުވަހުގެ ރޭ ފުލުހުންނާއި ފިލަށް އޭނާ ރޭލު ދަގަނޑު މަތިން ހުރަސްކޮށްފަ ދާން މަސައްކަތް ކުރިތަން ރެއިލް ސްޓޭޝަންގެ އޮފިސަރަކަށް ފެނިފައިވާ ކަމަށެވެ.

އެކަމަކު ރާޖޫގެ އާއިލާ އާއި ހައްގުތަކަށް ވަކާލާތު ކުރާ މީހުން ފުލުހުންގެ އެ ވާހަކަތައް ގަބޫލް ކުރަން ދެކޮޅު ހަދަ އެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ރާޖޫ ހައްޔަރު ކުރެވިފައިވާ ކަމަށް އެންމެ ފުރަތަމަ އިއުލާނު ކުރީ ރަނގަޅަށެވެ. އަދި ރޭލް ގައި ޖެހިގެން އޭނާ މަރުވާން ފުލުހުން މަޖުބޫރު ކުރުވީ ކަމަށް އެމީހުން ތުހުމަތު ކުރެ އެވެ.

އެގޮތަށް ފުލުހުން އަމަލުކޮށްފައިވަނީ ރޭޕްގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންނަށް އަދަބު ދިނުން ލަސްކަމަށް ބުނެ ފުލުހުންނާއި ސަރުކާރަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ކަމަށް ބުނެފައިވެ އެވެ. އެެއީ ރޭޕްގެ ޝިކާރައަށްވާ މީހުންނާއި ކުދިންނަށް އިންސާފު ހޯދައި ދެވެނީ ނޫން ކަމަށް ދެކޮޅަށް ވާހަކަ ދައްކަމުންދާ މީހުން ދަނީ ގޮވާލާމުންނެވެ.

މީގެ ކުރިންވެސް ރޭޕްގެ މައްސަލައެއްގައި ހައްޔަރު ކުރި ބަޔަކު މަރާލަން އިންޑިއާގެ ސިޓީއެއްގައި ފުލުހުން ޑްރާމާ ކުޅުނު ކަމަށް ބުނެ ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން އަންހެނަކު ރޭޕް ކޮށް މަރާލި ސަރަހައްދަށް އެކަން ކުރި މީހުން ގެންގޮސްގެން އުޅުމުގެ ތެރޭގައި އެމީހުން ފުލުހެއްގެ ބަޑި ދަމައިގަނެގެން ފިލަން ދުއްވައިގަތުމުން ދެން ތިބި ފުލުހުން އެ މައްސަލައިގަ ހިމެނޭ އެންމެން އެތަނުގައި ބަޑިޖަހާ މަރާލަ އެވެ.

އެފަހަރުވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ވަނީ އެމީހުން ފުލުހުންގެ ބަޑި ދަމައިގަނެ ފިލަން މަސައްކަތް ކުރީ އަމިއްލަ އިހުތިޔާރުގަ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ މަޖުބޫރުން ކުރިވި ކަމެއް ކަމަށެވެ. އަދި ރޭޕް ކުރާ މީހުން ދަންޖައްސައި މަރުގެ އަދަބު ދިނުމަށް ގޮވާލި ނަމަވެސް ފުލުހުން އެގޮތަށް އަމަލު ކޮށްގެން ނުވާނެ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް