މާފަންނު ރަސްފަންނު ސަރަހައްދުގެ މޫދަށް ކަޅު ތެޔޮ އަޅާފައިވަނީ ބަޔަކު ގަސްދުގައި ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އެ ސަރަހައްދަށް ގިނަ އަދަދެއްގެ ތެޔޮ ވަދެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުން ފެށިގެން ރަސްފަންނަށް މޫދަށް އެރުން މަނާކޮށް އެ ސަރަހއްދު ވަނީ ބަންދުކޮށްފަ އެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މީޑިއާގައި ވިދާޅުވީ އެ ސަރަހައްދަށް ތެޔޮ ވަންނަ ގޮތަށް އެކަން ކޮށްފައިވާ ކަމަށް ބެލެވެނީ ބަޔަކު ގަސްތުގައި އެވެ. އޭނާ ވިދާޅުވީ ތެޔޮ އަޅާފައިވަނީ ގާތަކުގެ ބިއްދޮށުން ކަނޑައިވީ ފަޅިން ކަމަށް ބެލެވޭ ކަމަށެވެ.
ނައީމް ވިދާޅުވީ ރަސްފަންނުގެ ގާތުކުގައި ވެސް މިހާރު ހުރީ އަޑީ ތެޔޮ ހިފާފައި ކަމަށާއި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ އެ ސަރަހައްދަށް ތެޔޮގަނޑު ލައްވި ގޮތެއް އަދި ނޭނގޭ ކަމަށެވެ. އަދި ކަނޑުގެ ވަޔާއި އޮއި ހުންނަގޮތުން ތެލާއި ކުނި ފަޅުތެރެއަށް ލައްވުމަކީ އާންމުކޮށް ހިނގާކަމެއް ކަމަށް ބުންޏެވެ.
ތެޔޮގަނޑު ވަނުމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކުން ވަނީ އެ ތެޔޮތައް ނަގާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް