ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލްގެ "ޢުލޫމީ ހިޔާ" ތީމް ލަވަ ނެރެފިއެވެ.
އެ ސްކޫލްގެ ފޭސްބުކް ޕޭޖަށް މި ލަވައިގެ ވީޑިއޯ ވަނީ ދޫކޮށްލާފައެވެ.
"ޢުލޫމީ ހިޔާ" އަކީ ލިޔަން ކިޔަން ދަސްކޮށްދިނުމަށް ހިންގާ ޚާއްޞަ ޕްރޮގްރާމެއް ކަމަށް އެ ސްކޫލުން މަޢުލޫމާތު ދެއެވެ. ފުރަތަމަ ފިޔަވަހީގައި ހަފުތާއަކު 3 ދުވަހު އެއް މަސް ދުވަހަށް މި ޕްރޮގުރާމްގެ ދަށުން ކުލާސްތައް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮގުރާމް އިފްތިތާޙްކުރީ އެ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައެވެ. މި އެސެމްބްލީގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން ޑރ. ޢަބުދު ﷲ ރަޝީދު، ހާއްސަ ވީޑިއޯ މެސެޖެއް ދެއްވިއެވެ.
މިއެސެމްބްލީ ޝަރަފްވެރިކޮށްދެއްވަވާ، ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ، އަދި ލަވަ ލޯންޗުކޮށްދެވީ ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އެވެ.
"ޢުލޫމީ ހިޔާ" ތީމް ލަވައިގެ ޅެން ހައްދަވާފައި ވަނީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު އެވެ. މި ލަވަ ކިޔާފައި ވަނީ ތާޖުއްދީން ސްކޫލްގެ ދަރިވަރުންތަކެކެވެ.
ލަވައިގެ މިއުޒިކް އަދި ރެކޯޑިން ހައްދަވައިދެއްވީ މަޝްހޫރު މިއުޒީޝަން، ޝާޒް ސައީދެވެ. ލަވައިގެ ވީޑިއޯ ނެންގެވީ ޅެންވެރިޔާ އީޝާ ޝަރީފް އެވެ.
މި ލަވައިގެ މަސައްކަތަށް ހަމަދު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ތާޖުއްދީން ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މެނޭޖްމަންޓުން ދެއްވި އެއްބާރުލުމަށް ސްކޫލުން ޝުކުރު އަދާކުރެއެވެ.
ހަމަދު ސުކޫލުގެ ކޮންމެ ދަރިވަރަކީވެސް ދިވެހިބަހުންނާއި އިނގެރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން އެނގޭ ދަރިވަރަކަށް ހެދުމަށްޓަކައި ދަނީ މަސައްކަތްކުރެވެމުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ގްރޭޑް ލެވެލްގައި އެމަސައްކަތްދަނީ ކުރެވެމުންނެވެ. އެހެންނަމަވެސް ލިޔަންކިޔަން ދަތުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ސުކޫލް ފެންވަރުގައި 2018 ވަނަ އަހަރުން ފެށިގެން އިނގެރޭސި ބަހުގެ އަޑުތަކައް (ފޮނިކްސް) ދަސްކޮށްދިނުމަށް "ލިންގްއަ ފްރަންކާ" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.
މިދިރާސީ އަހަރުފެށި ފުރަތަމަ 3 ހަފްތާގައިވަނީ ދަރިވަރުން އިނގެރޭސި އަދި ތާނަ ލިޔެކިޔުމުގެ ފެންވަރު ޑައިގްނޯސްކުރެވިފައެވެ. އެނަތީޖާތަކަށްބަލާފަ މިޕްރޮގްރާމް އެކުލަވާލާފައިވާނީ. މެޓީރިއަލްސް ތައްޔާރުކުރެވި ޓައިމްލައިންތަކެއް ކަނޑައެޅި އައުޓްލައިންއެއް ލިޔެވިގެންނެވެ.
މިޕްރޮގްރާމްގައި ސެންކުދިންވެސް ސާމިލުކޮށްގެން ދަސްކޮށްދެވޭނެ އެވެ. ތާނަ އާއި އިނގެރޭސި ލިޔަންކިޔަން ދަސްކޮށްދިނުމަށް އިސްވެ އުޅުއްވާނީ ދިވެހި ޑިޕާޓްމެންޓް އަދި އިނެގެރޭސި ޑިޕާޓްމެންޓްގެ ޓީޗަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް