ފިޔަވަތީގައި އުފެދިގެން އުޅެނީ ކޮން މައްސަލައެއްކަން މުޖުތަމައަށް އެނގުން މުހިންމު: ޑރ. ޝަހީމް

ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި އުފެދިގެން އުޅެނީ ކޮން ކަހަލަ މައްސަލަތަކެއްތޯ މުޖުތަމައަށް އެނގުން ވަރަށް މުހިންމު ކަމަށް ކުރީގެ އިސްލާމިކް މި...

18 Sep 2021 | 07:52

ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި އުފެދިގެން އުޅެނީ ކޮން ކަހަލަ މައްސަލަތަކެއްތޯ މުޖުތަމައަށް އެނގުން ވަރަށް މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ، އެތަނުގައި ތިބި ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށާއި އިތުރު އޯގާތެރިކަން ދިނުން މުހިންމު ކަމަށެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ އިއްޔެ ހަވީރުން ފެށިގެން ފިޔަވަތީގެ ފުރާޅު މަތީގައި ކުދިންތަކެއް އަރައި ތަނަށް ގެއްލުންދީ އަޑުގަދަ ކުރި މައްސަލައިގައެވެ.

ކުދިން ވަނީ އެތަނުގައި އަލިފާންވެސް ރޯކޮށްލާފައެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ އަލިފާން ގަނޑު ނިއްވާލާފައެވެ.

ފިޔަވަތީގައި މައްސަލަ ހޫނުވެގެން އުޅެނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ތިބޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އަޑުގަދަ ކުރާ މައްސަލަ މިފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. އަދި ފުރާޅުމައްޗާއި ދޮރު ފަދަ ތަންތަނުގައި ތަޅައި އަޑު ވެސް ބޭރަށް އިވެއެވެ. އެ މަންޒަރުތައް ބަލަން ގިނަ ބަޔަކު ފިޔަވަތި ކައިރިއަށް ޖަމާވެއެވެ. އެ ކުދިންގެ ފަރާތުން އަޑު އިވޭ ގޮތުން ނަމަ، އެ ތަނުގެ މުވައްޒަފުން އެ ކުދިންނަށް އަނިޔާ ކުރަނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް