މާފަންނު ރަސްފަންނު ސަރަހައްދުގެ މޫދަށް ކަޅު ތެޔޮ ގަނޑު ވަތް ގޮތެއް އަދިވެސް ނޭނގޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެ ސަރަހައްދަށް ގިނަ އަދަދެއްގެ ތެޔޮ ވަދެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުން ފެށިގެން ރަސްފަންނަށް މޫދަށް އެރުން ވަނީ މަނާކޮށްފަ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިއަދު ވިދާޅުވީ އެ ސަރަހައްދަށް ތެޔޮގަނޑު ލައްވި ގޮތެއް އަދި ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ދިމާވެފައިވަނީ ވަކި ސަބަބަކާއި ހެދި ކަމަށް ނުނިންމާ ކަމަށެވެ.
އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ކަނޑުގެ ވަޔާއި އޮއި ހުންނަގޮތުން ތެލާއި ކުނި ފަޅުތެރެއަށް ލައްވުމަކީ އާންމުކޮށް ހިނގާކަމެއް ކަމަށެވެ.
ތެޔޮގަނޑު ވަނުމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކުން ވަނީ އެ ތެޔޮތައް ނަގާފަ އެވެ.
އެކަމާއި ގުޅޭގޮތުން ކަމާ ބެހޭ އެއްވެސް އިދާރާއަކުން ފަހުން އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް