އދގެ އާއްމު މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގެ ބޭރުގައި ދިވެހި ދިދަ ބަހައްޓައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އދގެ އާއްމު މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގެ ބޭރުގައި ދިވެހި ދިދަ ބެހެއްޓީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޓާފް ސާޖަންޓް އާހިދު އަހުމަދު ކަމަށެވެ.
އާއްމު މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގެ ބޭރުގައި އދގެ ދިދައިގެ އިތުރުން ބެހެއްޓިފައި ހުންނާނީ އާއްމު މަޖިލީހުގެ ރައީސް ތަމްސީލް ކުރައްވާ ޤައުމެއްގެ ދިދަ އެވެ.
ކޮންމެ އަހަރަކުވެސް އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު މަޤާމުގެ ހުވާކުރެއްވުމަށްފަހު، އޮފީހަށް ވަޑައިގަތުމުން، ރަމްޒީ ގޮތުން ދިދަ ބަދަލުކުރުމުގެ ރަސްމިއްޔާތެއް އޮވެ އެވެ.
މި ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހު، މިނިސްޓަރ ޝާހިދު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ދަ ޖެނެރަލް އެސެމްބްލީ (އޯ.ޕީ.ޖީ.އޭ) ގެ ބޭރުގައި ހުރި ތުރުކީވިލާތުގެ ދިދަ ނަގައި، އެތަނުގައި ދިވެހިރާއްޖޭގެ ދިދަ ވަނީ ބަހައްޓާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް