އިޓަލީގައި ދިވެއްސަކު މަރާލި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ މަހުމޫދު އިމާދު މަރާލީ، އެކިވަރުގެ އަނިޔާކޮށް، ދަންޖައްސައިގެން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެހެންނަމަވެސް މިކަން ދެ ގައުމުގެ އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މަހުމޫދު އިމާދަކީ އިޓަލީގެ މީހަކާ ކައިވެނިކޮށްގެން އިޓަލީގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތެކެވެ. އޭނާ މަރާލި އިރު، އަންހެނުންނާއި، ބަފައިބެ ތިބީ ނޮޅިވަރަންފަރުގަ އެވެ.
އިމާދުގެ މަރާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި މި މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
އޭނާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމެއް ވާނަމަ އެ އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް