ޕެރިސް ކައިރީ ހުރި 41 މިލިއަން ޕައުންޑްގެ ކިއްލާއަކަށް ބަދަލުވުމަށް މެސީ ވިސްނަނީ

ޕެރިސް ކައިރީ ހުރި 41 މިލިއަން ޕައުންޑްގެ ކިއްލާއަކަށް ބަދަލުވުމަށް ލިއޮނެލް މެސީ ދަނީ ބަލަމުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ޚަބަރުތައް ބުނާގޮތުން އޭނާގެ ތާރީޚީ ޓްރާންސްފަރ ޕެރިސް-ސެއިންޓް ޖާމަން (ޕ...

18 Sep 2021 | 05:42

ޕެރިސް ކައިރީ ހުރި 41 މިލިއަން ޕައުންޑްގެ ކިއްލާއަކަށް ބަދަލުވުމަށް ލިއޮނެލް މެސީ ދަނީ ބަލަމުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޚަބަރުތައް ބުނާގޮތުން އޭނާގެ ތާރީޚީ ޓްރާންސްފަރ ޕެރިސް-ސެއިންޓް ޖާމަން (ޕީ. އެސް. ޖީ) އަށް ކުރުމަށްފަހު ފްރާންސްގައި ދިރިއުޅުމަށްޓަކައި ތަނެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ.

މެސީ މިވަގުތު ދިރިއުޅެމުންދަނީ އޭނާގެ އާއިލާއާއި އެކު ރޯޔަލް މޮންކާއުގަ އެވެ. ނަމަވެސް މެސީގެ އަންހެނުން، އެންޓޮނެއްލާ، ދަނީ އޭނާ ބޭނުންވާ ފަދަ ގެއެއް ހޯދުމުގެ މަސައްކަތް ކުރަމުން ނެވެ. އަދި އެންމެ ދިރިއުޅެން ހިތްހަމަ ޖެހޭ ތަނެއް މިހާރު ފެނިފަ އެވެ.

ސޮތެސްބީގައި ލިސްޓް ކުރެވިފައިވާ މި ކިއްލާގެ އަގަކީ 41 މިލިއަން ޕައުންޑް އެވެ. 1899 ގެ ބިނާ ކުރެވިފައިވާ މި ހިތްގައިމު ތަނުގައި 30 ކޮޓަރި، އެތެރޭ ސްވިމިންގ ޕޫލް، ހޯމް ސިނަމާ، ކަސްރަތުކުރާ ތަނަކާއި ސްކުއަޝް ކޯޓް އެއް ހިމެނެ އެވެ. އަދި އެތައް ގަރާޖަކާއި މަސައްކަތް ކޮއްދޭމީހުން ދިރިއުޅޭނެ ބައެއް ވެސް ވަނީ ހިމަނާފަ އެވެ.

ޚަބަރުތައް ބުނާގޮތުން އެންޓޮނެލާ ވަނީ މި ކިއްލާ ބަލާފަ އެވެ. އަދި އެއްފަހަރު އޭނާގެ ފިރިމީހާ އާއި އެކުގައި ބަލާލުމަށްފަހު ގޮތެއް ނިންމާނެކަމަށް ބުނެ އެވެ. މެސީ މިހާރު ކުޅޭ ކުލަބްގެ ތަމްރީނު ކުރާ ދަނޑުގެ 15 މިނިޓް ދުރުގައި ހުރި މި ކިއްލާ އާއި ދޭތެރޭ އޭނާވެސް ހިތްހަމަ ޖެހޭނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ކުރީގެ ފްރާސްގެ ރައީސް ޗާލްސް ޑެ ގޯލް ވެސް ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި، 1940 ވަނަ އަހަރު މި ކިއްލާ ގައި 3 ދުވަސް ހޭދަ ކުރެއްވި ކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް