ހުޅުމާލޭ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި ތިބި ކުދިންތަކެއް އެ ތަނުގައި ހުޅުޖަހައި އެ ތަނުގެ ފުރާޅު މައްޗަށް އަރައި ތަނުގެ ކޮންޓްރޯލް ރޭ ގެއްލުވާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ބަލަން ފަށައިފި އެވެ.
މި ހާދިސާ ހިނގި ވަގުތު ފުލުހުން ވަނީ މަގުބަންދުކޮށްގެން ފޯރިއަށް ތިބެފައެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދް ވަގުތު އޮންލައިން ނޫހަކަށް ވިދާޅުވީ ރޭގެ ހާދިސާ ހިނގަން ފެށުމާއެކު އެ ކަމުގައި އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ކޮމިޓީން ފަރާވެރިވާން ފަށާފައިވާ ކަމަށެވެ.
އެ ސަރަހައްދަށް ރޭ ޒިޔާރަތް ކުރި އެޗްއާރުސީއެމްގެ ޓީމުގެ ފަރާތުން މައުލޫމާތު ހޯދަމުން ދާ ކަމަށް ޖީހާން ވިދާޅުވި އެވެ.
ޖީހާން ވިދާޅުވީ، އެ ކަމުގެ މައްޗަށް ކޮމިޓީން ހިންގާ އިންކުއަރީއަށް މައުލޫމާތު ދިނުމަށް ލިޔުމުން ފޮނުވާފައިވާނެ ކަމަށެވެ. އަދި ޖެންޑަރ މިނިސްޓްރީއާއި، އެޗްއާރުސީއެމްއާއި، ޗިލްޑްރަން އޮމްބަޑްސްޕަރސަން ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް