އެމްޕީއެލް ގެ މާލީ ހާލަތު ރަނގަޅު ވެފައި ވާތީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އިޔާދަކޮށްދީފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ނެވެ.
މި ހަފުލާގައި ޝާހިދު ވަނީ ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތް ކުރާ ފްލެޓްތައް މުވައްޒަފުންނާ ހަވާލު ކުރުމާއިގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން ޝާހިދު ވިދާޅުވީ އެ ފްލެޓުތައް މުވައްޒަފުންނާ އަންނައަހަރު ހަވާލުކުރެވޭނެ ކަމަށެވެ. އަދި ހިޔާ ޕްރޮޖެކްޓް މަޝްރީޢަކީ އެ ކުންފުނިން މިހާތަނަށް ކުރާ އެންމެބޮޑު އިންވެސްޓު ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މެދުވެރިވި ލޮކްޑައުންގެ ސަބަބުން މި މަޝްރޫއު ކޮންމެވެސް ވަރަކަށް ލަސްވެއްޖެކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު މި މަޝްރޫއު ނިންމުމަށްފަހު މުވައްޒަފުންނަށް ފްލެޓް ހަވާލު ކުރެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތް ކުރަނީ 14 ފަންގިފިލާގެ 3 ޓަވަރެވެ. އެޓަވަރުތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކާއި 1 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.
ހިޔާ މަޝްރޫއުގެ ކުންފުނިތަކުގެ ކެޓަގަރީގައި ބައިވެރިވެ، އެމްޕީއެލްގެ 14 ޓަވަރުގެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް