ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރައްވާ އެއްދާއިރާ ކަމުގައިވާ އެކި ފަންނުތަކުން މީހުން ބިނާކުރުމުގެ ދާއިރާއަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލް ގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ޒުވާނުން ބިނާކުރުން ކަމަށެވެ.
މީގެ އިތުރުން ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ދިވެހިންގެ ހުނަރު އިތުރުކޮށް، ދިވެހިންނަކީ ދިވެހިންގެ ކަންކަން ކުރެވޭނެ ބަޔަކަށް ހެދުމަށް ކުރައްވާ މަސައްކަތަ ކީވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިންނަށްޓަކައި ގެންގުޅުއްވާ އެންމެ މުހިންމު އެއްކަންތައް ކަމުގައި ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޚިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް އެންމެން އެއްބައިވެގެން، ޤައުމަށްޓަކައި މަސައްކަތްކުރުމަށް ބާރުއެޅުވުމަށް ވެސް ނައިބު ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް