އަލްޖީރިއާގެ ކުރީގެ ރައީސް އަބުދުލް އަޒީޒް އަވަހާރަ ވެއްޖެ

އަލްޖީރިއާގެ ކުރީގެ ރައީސް އަބުދުލް އަޒީޒް ބޫތަފްލިކާ އަވަހާރަވެއްޖެ އެވެ. 20 އަހަރަށްވިރެ ގިނަދުވަހު އަލްޖީރިއާގެ ވެރިކަން ކުރެއްވި، އަބްދުލް އަޒީޒު އަވަހާރަވީ އުމުރުފުޅުން 84 އަހަރުގަ އެވެ. އެ ގައުމ...

18 Sep 2021 | 04:31

އަލްޖީރިއާގެ ކުރީގެ ރައީސް އަބުދުލް އަޒީޒް ބޫތަފްލިކާ އަވަހާރަވެއްޖެ އެވެ.

20 އަހަރަށްވިރެ ގިނަދުވަހު އަލްޖީރިއާގެ ވެރިކަން ކުރެއްވި، އަބްދުލް އަޒީޒު އަވަހާރަވީ އުމުރުފުޅުން 84 އަހަރުގަ އެވެ.

އެ ގައުމުގައި މިނިވަންކަމަށް ކުރި ހަގުރާމާގައި ބައިވެރިވެފައިވާ، އަލްޖީރިއާގެ ފަހުގެ ޖީލުތަކަށް ފެނިފައިވާ ހަމައެކަނި ލީޑަރަކީ ބޫތަފްލިކާ އެވެ. އަދި އޭނާ އަލްޖީރިއާގެ ވެރިކަމަށް އެންމެ ފުރަތަމަ އިސްވެވަޑައިގަތީ 1999 ވަނަ އަހަރު އެވެ.

އަލްޖީރިއާގެ އަހުލީ ހަގުރާމަ ނިމުމަކަށް ގެންނެވި ލީޑަރުގެ ގޮތުގައި މަޝްހޫރުކަން ހޯއްދަވާފައިވާ ބޫތަފްލިކާ މަގާމުން އިސްތިއުފާ ދެއްވީ 2019 ވަނަ އަހަރު އޭނާގެ ވެރިކަމާ ދެކޮޅަށް އެގައުމުގައި ހިނގައިދިޔަ ބޮޑެތި މުޒާހިރާތަކަށް ފަހު އެވެ.

އޭނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް އޭރު މުޒާހިރާ ކުރި "ހިރާކް މޫވްމަންޓް" އިން ނެވެ. އަދި އެ ގައުމުގައި އަނެއްކާ ވެސް ވަނީ މުޒާހިރާ ކުރަން ފަށާފަ އެވެ.

ހިރާކް މޫވްމެންޓުން މިފަހަރު ވެސް މުޒާހަރާ ފަށައި، ގޮވާލަމުންދަނީ އެމީހުން ބޭނުންވަނީ އަސްކަރީ ވެރިކަމެއް ނޫން ކަމަށާއި މަދަނީ ވެރިކަމެއް ކަމަށެވެ.

2013 ވަނަ އަހަރު ބޫތަފްލިކާއަށް ސްޓްރޯކެއް ޖެހިވަޑައިގަތުމަށްފަހު އޭނާ އާންމުންގެ ތެރެއިން ފެނިފައިވަނީ ވަރަށް މަދުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް