މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އިންސައްތަ އިތުރު ވެއްޖެ

މިދިޔަ އަހަރަށް ވުރެ މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އިންސައްތަ އިތުރު ވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހުގެ 15 ގެ ނިޔަލަށް 810،000 ފަތުރުވެރިން ވ...

18 Sep 2021 | 04:15

މިދިޔަ އަހަރަށް ވުރެ މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އިންސައްތަ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހުގެ 15 ގެ ނިޔަލަށް 810،000 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ.

އެ ގޮތުން މިމަހުގެ 15 ގެ ނިޔަލަށް 817،387 ފަތުުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 31.4 ޕަސެންޓުގެ ވެއްޓުމެކެވެ.

އެެހެންނަމަވެސް މިދިޔަ އަހަރަށް ވުރެ 106.1 ޕަސެންޓު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ވަނީ ދައްކާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި 3،168 ފަތުރުވެރިން ރާއްޖެ ކޮންމެ ދުވަހަކު އެވްރެޖު ގޮތެއްގައި ދަނީ އަންނަމުން ނެވެ. އަދި ކޮންމެ ފަތުރުވެރިއަކުވެސް އެވަރެޖްކޮށް ނުވަ ދުވަސް ރާއްޖޭގައި ހޭދަ ކުރާ ކަމަށް ރެކޯޑު ކުރެވިފައި ވެއެވެ.

ސަރުކާރުން ކުރިން އަމާޒުކޮށްފައި އޮތީ މިއަހަރު ނިމުމުގެ ކުރިން 1.5 ފަތުރުވެރިން ގެންނަން ކަމަށް ވިޔަސް މިހާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް، ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް