އިޓަލީގައި ދިވެއްސަކު ދަންޖައްސައި މަރާލައިފި

އިޓަލީވިލާތުގައި ދިވެއްސަކު ވަރަށް އަނިޔާވެރިކޮށް މަރާލައިފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަރާލާފައިވަނީ ހދ. ނޮޅިވަރަމްފަރު، ވައިމަތީގޭ އުމުރުން 44 އަހަރުގެ މަހްމޫދު އިމާދެވެ. އޭނާ އަކީ އިޓަލީ ...

17 Sep 2021 | 20:56

އިޓަލީވިލާތުގައި ދިވެއްސަކު ވަރަށް އަނިޔާވެރިކޮށް މަރާލައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރާލާފައިވަނީ ހދ. ނޮޅިވަރަމްފަރު، ވައިމަތީގޭ އުމުރުން 44 އަހަރުގެ މަހްމޫދު އިމާދެވެ. އޭނާ އަކީ އިޓަލީ އަންހެނަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ.

މައުލޫމާތު އެނގޭ މީހުން މީޑިއާގައި ބުނެފައިވާގޮތުގައި އޭނާ މަރާލުމަށް ފަހު ދަންޖައްސާފައި ހުރީ އިޓަލީގެ މިލާނުގައި ހުންނަ އޭނާގެ އަންހެނުންްގެ ގޭގައި އެވެ. އަދި އަތުގެ ބައެއް އިނގިލިތައްވެސް ބުރި ކޮށްލާފައި ހުރިކަމަށްވެ އެވެ.

މަހްމޫދު އިޓަލީގައި ހުރި ނަމަވެސް އޭނާގެ އަންހެނުންނާއި ބަފައިބެ މިވަގުތު ތިބީ ރާއްޖޭގައި އެވެ. އިޓަލީގައި މަހްމޫދުގެ މައިދައިތަ ހުރިކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް