ކުޅުދުއްފުށި، ލ. އަތޮޅު އަދި މާލޭގެ ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއަށް

ހދ. ކުޅުދުއްފުށި، މާލެ އަދި ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުުގައި ބަހުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަ...

18 Sep 2017 | 18:23

ހދ. ކުޅުދުއްފުށި، މާލެ އަދި ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުުގައި ބަހުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.

އެމްޕީއެލްއިން ބުނީ މާލޭގައި ބަހުގެ ހިދުމަތް ދިނުން ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ލ. އަތޮޅާއި ކުޅުދުއްފުށީގައި މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައިވެސް ބަހުގެ ހިދުމަތް ދެނީ އެމްޕީއެލްއިންނެވެ.

އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ އެ ދެ ސިޓީގައި ދެމުންދާ ބަހުގެ ހިދުމަތް ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ފުވައްމުލަކުގެ ހަނި މަގުތަކަށް ވަދެވޭނެ ވަރުގެ ބަސްތަކެއް އެ ސިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް