ސުޕްރީމް ކޯޓު ދޮށަށް އެއްވި ކަމަށް ބުނެ ސަސްޕެންޑު ކުރި ބައެއް ގާނޫނީ ވަކީލުންގެ ސަސްޕެންޝަން އުވާލައި، ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފި އެވެ.
ސަސްޕެންޝަން އުވާލާފައިވާ ޕެޓިޝަންގައި ސޮއި ކޮށްގެން ސަސްޕެންޑު ކުރި 13 ވަކީލެއްގެ އެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ވަކީލުންގެ ސަސްޕެންޝަން އުވާލީ އެމީހުންނާއި ގުޅޭގޮތުން ބެލި މައްސަލަތައް ނިމުމުން ކަމަށެވެ.
ޕެޓިޝަން ހުށަހެޅި މައްސަލައިގަ ސަސްޕެންޑު ކުރި ވަކީލުންނާއި ގުޅޭގޮތުން ޑީޖޭއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭ ގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓަށް ވަކީލުން އެއްވެފައިވާ ކަމަށެވެ.
ޕެޓިޝަން ހުށަހެޅި މައްސަލައިގަ 54 ވަކީލަކު ސަސްޕެންޑު ކުރި އެވެ. އެ ވަކީލުންގެ ހައްގުގައި އިތުރު 35 ވަކީލަކު އިއްޔެ ވަނީ އުއްތަމަ ފަނޑިޔާރަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ކުރީގެ އުއްަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންވެސް ހިމެނިވަޑައިގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް