ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ވެލިޑޭޓްކުރުމަށްޓަކައި، ޖެންޑާ މިނިސްޓްރީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވައިފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މި ވޯކްޝޮޕްގައި މަޝްވަރާކޮށްފައިވާ އެކްޝަން ޕްލޭނަކީ ކަމާބެހޭ އެންމެހައި އިދާރާތަކާއި އަދި ޖަމްއިއްޔާ ޖަމާއަތްތަކާއެކު ކުރިން ހިއްސާކުރެވި މަޝްވަރާކުރެވިފައިވާ އެކްޝަން ޕްލޭނެއް ކަމަށެވެ. ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭނުން މައިގަނޑު ފަސް ލަނޑުދަނޑިއެއް ހާސިލުކުރުމަށް ސިޔާސަތުތަކާއި ޕްރޮގްރާމްތައް ހިމަނާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
އެގޮތުން، އަންހެނުންނާއި ފިރިހެނުންނަށް ލީޑަރޝިޕް އަދި ގަވަނެންސްގެ ދާއިރާއިން ހަމަހަމަ ފުރުސަތުތައް ހޯދައި ދިނުމާއި، އިގުތިސާދީ ގޮތުން ގައުމު ތަރައްގީކުރުމަށާއި އިގުތިސާދީ މަންފާ ހޯދުމަށް އަންހެނުންނާއި ފިރިހެނުން ބާރުވެރި ކުރުވައި، ހަމަހަމަ ގޮތެއްގައި ފުރުސަތުތައް ލިބޭކަން ކަށަވަރުކުރުމާއި، އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި، ނަފްސުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަމާއެކު އަދުލު އިންސާފު ލިބިދޭކަން ކަށަވަރުކޮށްދިނުމަކީ މިއެކްޝަން ޕްލޭނުން ހާސިލުކުރުމަށް ކަނޑައަޅާ މުހިންމު ލަނޑުދަނޑިތަކެކެވެ.
މި ވޯކްޝޮޕްގައި ދައުލަތުގެ 13 މުއައްސަސާގެ އިތުރުން އދގެ ފަސް އޭޖެންސީއަކާއި 15 ޖަމްއިއްޔާއަކުން ޖުމްލަ 49 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް