ބަންގްލަދޭޝް އިން ކަނޑައަޅާ އަދި ހުއްދަދޭ ސަރަހައްދެއްގައި، ރޮހިންޖާގެ އެއް ލައްކަ މުސްލިމުންނަށް "ކުޑަވަރެއްގެ އަވަށެއް" ބިނާކުރަން ތައްޔާރުވެފައިވާކަމުގައި ތުރުކީގެ ރެޑް ކްރޮސެންޓުން ހާމަކޯށްފި އެވެ.
ތުރުކީ ރެޑް ކްރެސެންޓްގެ ރައީސް ކަރީމް ކިނިކް ބުނެފައިވަނީ ކޮކްސް ބާޒާރުގައި އެކަމަށް ހާއްސަ ސަރަހައްދެއް ބަންގްލަދޭޝްގެ ސަރުކާރުން ކަނޑައަޅާފައިވާކަމަށާއި އެ ސަރަހައްދުގައި ދަގަނޑުން ހަދާފައިވާ ކޭމްޕްތައް އަޅާނެ ކަމަށެވެ. އެ ކޭމްޕަތަކުގައި 24000 އާއިލާއަށް ނުވަތަ އެއް ލައްކަ މީހުންނަށް އުޅެވޭނެ ކަމަށް ތުރުކީގެ ރެޑްކްރޮސެންޓުން ވަނީ ބުނެފަ އެވެ.
ތުރުކީގެ ރެޑްކްރޮސެންޓުން އިތުރަށް ބުނެފައިވަނީ އެ ކޭމްތަކުގައި ބަދިގެއާއި ފާހާނާ ހިމެނޭނެ ކަމަށެވެ. އަދި މިސްކިތަކާއި މެޑިކަލް ސެންޓަރެއްގެ އިތުރުން ސްކޫލެއްވެސް ހިމެނޭނެ ކަމަށެވެ.
ތުރުކީ ރެޑްކްރެސެންޓުން އެއްލައްކަ ރެފިއުޖީންނަށް ކޭމްޕް އަޅަން ނިންމާފައިވާއިރު އޯގަސްޓް މަހުގެ 25 އިން ފެށިގެން މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ، ރޮހިންޖާ މުސްލިމުން މިޔަންމާއިން ބަންގްލަދޭޝްއަށް ގޮސްފައިވާކަމަށް އދ އިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް