ސަސްޕެންޑު ކުރި ވަކީލުންގެ ހައްގުގައި އިތުރު 35 ވަކީލުން ނުކުމެއްޖެ

ސުޕްރީމް ކޯޓު ދޮށަށް އެއްވި ކަމަށް ބުނެ ސަސްޕެންޑު ކުރި 54 ވަކީލުންގެ ހައްގުގައި އިތުރު 35 ވަކީލަކު އުއްތަމަ ފަނޑިޔާރު ޕެޓިޝަނެއް ފޮނުއްވައިފި އެވެ. އެ ޕެޓިޝަންގައި އެދިފައި ވަނީ ސަސްޕެންޑު ކުރި ވަކީލ...

18 Sep 2017 | 03:50

ސުޕްރީމް ކޯޓު ދޮށަށް އެއްވި ކަމަށް ބުނެ ސަސްޕެންޑު ކުރި 54 ވަކީލުންގެ ހައްގުގައި އިތުރު 35 ވަކީލަކު އުއްތަމަ ފަނޑިޔާރު ޕެޓިޝަނެއް ފޮނުއްވައިފި އެވެ.

އެ ޕެޓިޝަންގައި އެދިފައި ވަނީ ސަސްޕެންޑު ކުރި ވަކީލުންގެ ވަކީލުގެ ކަމުގެ ހުއްދަ އެ މައްސަލަ ތަހުގީގު ކޮށް ނިމެންދެން ދޫކޮށްދިނުމަށެވެ. ޝަރުއީ އަދި ގާނޫނީ ދާއިރާގެ އުސޫލަކީ ތުހުމަތު ކުރެވޭ ކަމެއްގައި ފިޔަވަޅު އެޅުން ނޫންކަމަށް ބުނެފައިވެ އެވެ.

ތުހުމަތާ ގުޅިގެން ތަހުގީކޮށްފައި ނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނުވަތަ އަޅަން ނުޖެހޭ ކަމެއް ދެނެނުގަނެވޭނެ ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ. އަދި ބުނެފައިވަނީ އެ ވަކީލުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދިނުމަކީ މުވައްކިލުންގެ މަސްލަހަތުގައި ވެސް މުހިންމު ކަމެކެވެ.

ޕެޓިޝަންގައި ވަކީލުން އިތުރަށް ބުނެފައިވަނީ ވަކީލުންނާއި ގުޅޭ އެ މައްސަލަ އިންސާފުވެރިކަމާއި އިހްސާންތެރިކަމާ އެކު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްދިނުމަށް އެދޭ ކަމަށެވެ.

މިފަހަރު ސޮއި ކުރއްވި ވަކީލުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އާއި ކުރީގެ ހައި ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ޝާހީން ހަމީދާއި މައުމޫން ހަމީދާއި ދިޔާނާ ސައީދާއި ހުސެއިން ސިރާޖު ހިމެނެ އެވެ.

ޕެޓިޝަން ހުށަހެޅި މައްސަލައިގަ ސަސްޕެންޑު ކުރި ވަކީލުންނާއި ގުޅޭގޮތުން ޑީޖޭއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭ ގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓަށް ވަކީލުން އެއްވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް