މިޔަންމާގެ ސަރުކާރުން އެގައުމުގެ މައިނޯރިޓީ ކަމުގައިވާ ރޮހިންޖާ މުސްލިމު ދަރިކޮޅުގެ ނަސްލު ނައްތާލުމަށް މުސްލިމުން މަރަމުން އަންނައިރު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުންދިޔަ ރަކީން ސްޓޭތްގެ އަދުގެ ހާލަތު އެނގޭ ހެއްޔެވެ.؟
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރަކީން ސްޓޭޓްގައި މުސްލިމުން ދިރިއުޅެމުންދިޔަ 16 އަވަށް އޮތް އިރު ސަލާމަތުން އޮތީ އެންމެ ފަސް އަވަށެވެ. މީހުން ތިބީ ގާތްގަނޑަކަށް، ހަމަ އެކަނި އެ ފަސް އަވަށުގަ އެވެ. ސަލާމަތުން ނިކުމެވޭނެ އެއްގޮތެއް ނެތިފަ އެވެ. އެ އަވަށްތަކުގައި ބުދިސްޓުން ތިބީ ވަށާލައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެގޮތުން އަލްޖަޒީރާއާއި ފޯނުން ވާހަކަދެއްކި އެ އަވަށްތަކަށް ނިސްބަތްވާ ބައެއް މީހުން ބުނެފައިވަނީ ބުދިސްޓުން ގޮވަމުންދަނީ އެ އަވަށްތައް ދޫކޮށް ދިއުމަށް ކަމަށާއި ނަމަވެސް ސަލާމަތުން ދެވޭނެ އެއްގޮތެއްވެސް ނެތް ކަމަށެވެ. ވަށައިގެން ތިބީ އަނިޔާވެރި ބުދިސްޓުން ކަމަށެވެ.
އެ ބުދިސްޓުން އެ ފަސް އަވަށުގައި ވަށައިގެން ތިބި އިރު އެ އަވަށްތަކުގައި އެކުގައި އަލިފާން ރޯކޮށް މުޅި އަވަށް ހުސްކޮށްލާނެ ކަމުގެ އިންޒާރު އަންނަނީ ދެމުންނެވެ. އެ އަވަށްތަކުގައި ތާށިވެފައިތިބި މީހުން އެދެމުންދަނީ ސަލާމަތުން ނިކުތަ ދިނުމަށެވެ. ނަމަވެސް އެ އަވަށުގައިތިބި މީހުން ބުނެފައިވަނީ ސަލާމަތުން ނިކުމެވުނަސް އެ އަވަށްތަކާއި ބަންގްލްދޭޝް ބޯޑަރު ދުރުކަމުންނާއި އެ އަވަށްތައް އެކުގައި ލޫޓުވާލާފައިވުމުން އެމީހުންނަށް ސަލާމަތުން ބަންގްލަދޭޝްއަށް ދެވިދާނެ ކަމާއިމެދު ސުވާލު އުފެދިފައިވާކަމަށެވެ. ފަސް އަވަށުގެ ރައްޔިތުންވެސް ގާތްގަނޑަކަށް ތިބީ ބަނޑަށް ޖެހިފައި ކަމަށެވެ.
ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާގޮތުގައި ބުދިސްޓުން އަންނަނީ އެ އަވަށްތަކުގައި ދިރިއުޅޭ ފިރިހެނުން ހިފާ ހައްޔަރުކޮށް އެމީހުންގެ ކުރިމަތީގައި އަނބިދަރީން ރޭޕް ކުރަމުންނެވެ. އަދި އެއަށްފަހު އެމީހުން މަރަމުންނެވެ.
އދ އިން ހާމަކޮށްފައިވާގޮތުގައި އޮގަސްޓް 25 އިން ފެށިގެން މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ މީހުން މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ގޮސްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް