އައިފޯނު އެކްސް ފޯނެއް ހަދަން ހަރަދުވާނީ ކިހާވަރެއްކަން އެނގޭތަ !

އައިފޯނަށް ލޯބިކުރާ ފަރާތްތަކުން ތިބީ އެޕަލްއިން އަލަށް ދައްކައިލި އައިފޯނު އެކްސްގެ އިންތިޒާރުގަ އެވެ. ޕްރީ އޯޑަރަށް ހުޅުވާލާނީ އަންނަ މަހުގެ 27ގަ އެވެ. ވިއްކަން ފަށާނީ ނޮވެމްބަރު މަހުގެ 3 ގަ އެވެ. އ...

17 Sep 2017 | 22:38

އައިފޯނަށް ލޯބިކުރާ ފަރާތްތަކުން ތިބީ އެޕަލްއިން އަލަށް ދައްކައިލި އައިފޯނު އެކްސްގެ އިންތިޒާރުގަ އެވެ. ޕްރީ އޯޑަރަށް ހުޅުވާލާނީ އަންނަ މަހުގެ 27ގަ އެވެ. ވިއްކަން ފަށާނީ ނޮވެމްބަރު މަހުގެ 3 ގަ އެވެ.

އައިފޯނު އެކްސްގެ އަގަކީ 999 ޑޮލަރު ކަމުގައިވާއިރު މި ފޯނު އުފެއްދުމަށް ބޭނުންވާ އެސެސަރީސްތަކުގެ އަގު އެއްކޮށްލުމުން މި ފޯނު އުފައްދަން ހަރަދުވާނެ އަގަކީ ގާތްގަނޑަކަށް 400 ޑޮލަރު ކަމަށް ޓެކް ރިވިއު ސައިޓްތަކުން މިވަނީ ބުނެފަ އެވެ. އެގޮތުން ރެޓިނާ ޑިސްޕްލޭއެއްގެ އަގަކީ 80 ޑޮލަރު ކަމަށާއި އެޕަލްއިން އަލަށް ތައާރަފްކުރި އޭ 11 މަރުކާގެ ޗިޕެއްގެ އަގަކީ 26 ޑޮލަރު ކަމަށާއި ކުއަލްކޮމް މޮޑެމްގެ އަގަކީ 18 ޑޮލަރު ކަމަށާއި އަދި ތޮޝިބާ އެންއޭއެންޑީ މެމޮރީގެ އަގަކީ 45 ޑޮލަރު ކަމުގައި ރިވިއު ސައިޓްތަކުގައި ބުނެފައި ވެ އެވެ.

އައިފޯނު އެކްސް އެއްގެ އެސެސަރީސްތަކުގެ އަގަށް އެކަނި 400 ޑޮލަރު އެރި ނަމަވެސް ސޮފްޓްވެއާ އާއި މުވައްޒަފުންގެ މުސާރައާއި އެހެނިހެން އަގުތަކަށް ރިއާޔަތްކޮށްފިނަމަ އައިފޯނު އެކްސް އެޕަލްއިން ވިއްކަން ތައްޔާރުވެފައިވާ އަގަކީ އެންމެ އެކަށޭނެ އަދި އެޕަލްއަށް މާ ބޮޑު ފައިދާއެއް ނެތް އަގެއް ކަމުގައިވެސް ބައެއް ރިވިއު ސައިޓްތަކުގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް