ޔާމީން މަރާލި މައްސަލައިގަ ފުލުހުންނާއި ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި

ސޯޝަލް މީޑީއާ އެކްޓީވިސްޓް ޔާމީން ރަޝީދު މަރާލުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށްބުނެ ޔާމީންގެ އާއިލާއިން ފުލުހުންނާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްަލަ ބޭރުކޮށްލައިފި އެވެ. ޔާމީންގެ އާއިލާގ...

17 Sep 2017 | 20:37

ސޯޝަލް މީޑީއާ އެކްޓީވިސްޓް ޔާމީން ރަޝީދު މަރާލުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށްބުނެ ޔާމީންގެ އާއިލާއިން ފުލުހުންނާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްަލަ ބޭރުކޮށްލައިފި އެވެ.

ޔާމީންގެ އާއިލާގެ ފަރާޓުން ބައްޕަ ހުސައިން ރަޝީޑު ހުށަހެޅި އެ މައްސަލައިގަ ބުނެފައިވަނީ 2010 ވަނަ އަހަރުން ފެށިގެން ޔާމީނަށް  މަރުގެ އިންޒާރު ދެމުންދިޔަ ނަމަވެސް ފުލުހުން އެކަށީގެންވާ ގޮތުގައި އެކަމަށް ސަމާލުކަން ދީފައި ނުވާ ކަމަށެވެ. އަދި އެ އިންޒާރުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެިޅުމުންވެސް ތަހުގީގު ކޮށްފައި ނުވާ ކަމަށެވެ.

އެ މައްސަލައިގަ ބުނެފައިވަނީ އެނާ އަށް ރައްކާތެރިކަން ފޯރުކޮށްދީފައިނުވަނީ ފުލުހުންގެ މުއައްސަސާއިން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށެވެ.

ސިވިލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ފުލުހުންނާއި ގުޅޭ އެފަދަ މައްސަލަތައް ބަލާނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ކަމަށެވެ. އަދި އެ މައްސަަލަ ސިވިލް ކޯޓުގައި ބަލައިފި ނަމަ އެ ކޮމިޝަނުގެ މަގުސަދު ހާސިލްނުވާނެ ކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމަށެވެ.

ކޯޓުގެ މި ނިންމުމާއި ގުޅިގެން އިތުރު ހިތާމައެއް ލިބިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް