ގުރައިދޫގައި 21 އަހަރުގެ އަންހެނަކު 93 އަހަރުގެ މީހަކާ ކައިވެނި ކޮށްފި

ކ. ގުރައިދޫގައި 21 އަހަރުގެ އަންހެނަކު 93 އަހަރުގެ މީހަކާ ކައިވެނި ކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެމުން ގުރައިދޫން ވާހަކަދެއްކި މީހަކު ބުނީ އެ ރަށު ކޯޓުގައި މި ދެމީހުން ކައިވެނި ކުރީ އިއްޔެ މެންދުރ...

18 Sep 2015 | 13:43

ކ. ގުރައިދޫގައި 21 އަހަރުގެ އަންހެނަކު 93 އަހަރުގެ މީހަކާ ކައިވެނި ކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން ގުރައިދޫން ވާހަކަދެއްކި މީހަކު ބުނީ އެ ރަށު ކޯޓުގައި މި ދެމީހުން ކައިވެނި ކުރީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ދެމީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ދެމަސް ވަންދެން ގުޅިގެން އުޅުމަށް ފަހު ކަމަށްވެސް އެމީހާ މައުލޫމާތު ދިނެވެ.

"އިއްޔެ ކައިވެނިކުރީ، ރަށުތެރޭ ވާހަކަދައްކާ ގޮތުން ނަމަ އެއީ ދެމީހުންވެސް ލޯބިގެން ކުރި ކައިވެންޏެއް، އަންހެން މީހާ ދަރިއަކު ހުރޭ ފިރިހެން މީހާގެ މުނިކާފަ ދަރިންވެސް އެބަތިބި، ރަށު ތެރޭ ވާހަކަ ދައްކާ ލާރިއަށޭ ކައިވެނި ކުރީ، އެކަމު އެ ބޭބެ އަކީ މާ ބޮޑު މުއްސަންޖެއް ނޫން، 60 އަހަރު ވީމަ ލިބޭ 5،000 ލިބޭ، ދެން ބޮޑު ގޯއްޗެއް އޮވޭ" ދުވަހަށް މައުލޫމާތި ދިން މީހާ ކިޔާދިނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަންހެން މީހާއަކީ ކުރީގެ މަޝްހޫރު ޑާންސް ގްރޫޕް ގޮމަ ގްރޫޕްގެ ނެށުން ތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި އަދި ދިވެހި ފިލްމެއް ކަމަށްވާ "ދަ ބޯޓް"ގައި ބަތަލާގެ ރޯލު ކުޅެފައިވާ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް