މާމިގިލީ "ސަން" ފެރީ 40 މީޓަރު އަޑީގައި، ފޮޓޯ އާއި ވީޑިއޯ ބަލާލަން ބޭނުންތަ

އަންގާރަ ދުވަހުގެ ހެނދުނު ދިވެހިންނަށް އިރު އެރީ ހިތާމަވެރި ހަބަރަކާއެކުގަ އެވެ. 81 މީހުންނާއެކު ދަތުރުކުރި ފެރީއެއް ދިޔަވެ ދަތުރުކުރި އެންމެން ކަނޑުވި ވާހަކައާކުގައެވެ.މާތް ﷲ ގެ ރަހްމަތްފުޅުން އެދުވަ...

18 Sep 2015 | 07:29

އަންގާރަ ދުވަހުގެ ހެނދުނު ދިވެހިންނަށް އިރު އެރީ ހިތާމަވެރި ހަބަރަކާއެކުގަ އެވެ. 81 މީހުންނާއެކު ދަތުރުކުރި ފެރީއެއް ދިޔަވެ ދަތުރުކުރި އެންމެން ކަނޑުވި ވާހަކައާކުގައެވެ.މާތް ﷲ ގެ ރަހްމަތްފުޅުން އެދުވަހުގެ އެ ހާދިސާގައި މީހެއްގެ ފުރާނަ ގެއްލިފައި ނުވި ނަމަވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް ބޯޓުން ދަތުރުކުރި މީހުން ކަނޑުމަތީގައި ޅަދަރީންނާއި އުމުރުން ދުވަސްވީ މީހުންނާއެކު ހޭދަކުރި ވަގުތަކީ އެމީހުންގެ ހަޔާތުގައި އެންމެ ހިތްދަތި އަދި ބިރުވެރި ވަގުތުތައް ކަމަށް އެ ފަރާތްތަކުން ސިފަ ކުރެ އެވެ.

މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރަމުންދިޔަ "ސަން" ފެރީ އަޑިއަށްދިޔަތާ މިއަދަށް ތިން ދުވަސްވީ އެވެ. ބޯޓު އަޑީގައި އޮތް ތަން ލޮކޭޓް ކުރުމަށްފަހު އެމްއެންޑީއެފާއި އޮޑިވެރިޔާގެ ފަރާތުން ހަރަކާތްތެރިވާ ޑައިވަރުން ގުޅިގެން ބޯޓު ނެގުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެ މަސައްކަތް ކުރިއަށްދާއިރު މިއަދު މިވަނީ އަޑީގައި އޮތް "ސަން" ފެރީގެ ވީޑިއޯ އާއި ފޮޓޯ ފޭސްބުކްގައި ދައުރުވާން ފަށާފައެވެ. ތިރީގައިވާ ވީޑިއޯއަކީ ފެރީ ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ޝިފާޒް ކޮށްފައިވާ ވީޑިއޯ އެކެވެ.

40m adeega sunferry Posted by Ali Shifaz on Thursday, September 17, 2015

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް