ރާއްޖޭގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕް ގޭމިން މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ

ރާއްޖޭގއި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޑަބްލިޔުއެސްވީޖީ ވޯލްޑް ޗެމްޕިއަންޝިޕް ވީޑިއޯ ގޭމިން މުބާރާތުގެ ޓެލެކޮމް ޕާޓްނަރ އަކަށް އުރީދޫ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އު...

18 Sep 2015 | 03:47

ރާއްޖޭގއި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޑަބްލިޔުއެސްވީޖީ ވޯލްޑް ޗެމްޕިއަންޝިޕް ވީޑިއޯ ގޭމިން މުބާރާތުގެ ޓެލެކޮމް ޕާޓްނަރ އަކަށް އުރީދޫ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އުރީދޫގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިޔުއެސްވީޖީ ގެ ފަރާތުން ސޮއިކުރީ ވައިސް ޕްރެޒިޑެންޓް ސްޓީވެން ލެއުނެންސް އެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒްއެވެ.

ރާއްޖޭގެ ހަތަރު ބައިވެރިއެއްގެ އިތުރުން ދުނިޔޭގެ 13 ގައުމަކުން މީހުން ބައިވެރިވާ މިމުބާރާތުގެ ޓެލެކޮމް ޕާޓްނަރ އަކަށް އުރީދޫ ހަމަޖެއްސީ މިމުބާރާތަށް ހަލުވި އަދި ފުރިހަމަ އިންޓަރނެޓް ކަނެކްޝަން އެއް ބޭނުންވެފައި އެހިދުމަތް އުރީދޫއަށް ފޯރުކޮށްދެވެން އޮތުމުން ކަމަށް ޑަބްލިޔުއެސްވީޖީގެ ވައިސް ޕްރެޒިޑެންޓް ސްޓީވެން ވިދާޅުވިއެވެ.

އުރީދޫގެ ފަރާތުން ނިޔާޒް ވާހަކަ ދައްކަވަމުން ވިދާޅުވީ ވީޑިއޯ ގޭމިންއަކީ ރާއްޖޭގައި ވަރަށް މަގުބޫލުކަމަކަށްވެފައި މިއީ މިފަދަ ކަމެއް ދިވެހިރާއްޖޭގައި ކުރެވޭ ފުރަތަމަ ފަހަރަށްވެފައި އަދި މިކަމުން ދިވެހިރާއްޖެއަށް ރީތި ނަމެއްވެސް ލިބޭތީ އުރީދޫއިން މިކަމަށް ކޮންޓްރިބުއުޓް ކުރަން ބޭނުންވީކަމަށެވެ.

މިމުބާރާތް އޮންނާނީ މިއަންނަ މަހުގެ ފަހަކުން ދިހައަކަށެވެ. މިމުބާރާތް ރިސޯޓެއްގައި ބޭއްވިނަމަވެސް ބާއްވާނެ ވަކި ރިސޯޓެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް