މިއަދު ފަށާ ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މިކަމާ ބެހޭގޮތުން ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދަރުބާރުގޭގައި މިމަހުގެ 18 އިން 21 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަލިނަރީ ޗެލެންޖް އަދި މިމަހުގެ 19 އިން 21 އަށް ކުރިއަށް ގެންދާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ޓެލެކޮމް ޕާޓްނަރަކަށް ވުމަކީ އެކުންފުންޏައް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު ފެއާ ކަމަށްވާ ހޮޓެލް އޭޝިއާ ފެއާގައި މިއަހަރު 200 އަށް ވުރެ ގިނަ ކުނަފުނިން ބައިވެރިވާނެ ކަމަށް އެ ދިރާގުން ބުނެފައިވެއެވެ. އަދި ކަލިނަރީ ޗެލެންޖްގައި 450 އަށް ވުރެ ގިނަ ޝެފުން ބައިވެރިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް