މީގެކުރިން މި ގައުމުގައި ވެރިކަން ކުރި ވެރިން ތަރައްގީ ގެންނަނީ އެންމެ ނުވަ މަހުންތަ؟: ޝިއުނާ

މީގެ ކުރިން ރާއްޖޭގައި ވެރިކަންކޮށްފައިވާ ވެރިން ތަރައްގީ ގެންނަނީ އެންމެ ނުވަ މަހުންތޯ ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ސުވާލު އުފައްދަވައިފިއެވެ. ޝިއުނާ މިހެން ވިދާޅުވީ، މި ސަރުކާރުން ފެށުމަށް ހަމަޖެހިފައި...

18 Aug 2024 | 10:28

މީގެ ކުރިން ރާއްޖޭގައި ވެރިކަންކޮށްފައިވާ ވެރިން ތަރައްގީ ގެންނަނީ އެންމެ ނުވަ މަހުންތޯ ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ސުވާލު އުފައްދަވައިފިއެވެ.

ޝިއުނާ މިހެން ވިދާޅުވީ، މި ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ ގިނަ ތަރއްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމާ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުން ގެންދާ ދަނޑިވަޅެއްގައެވެ.

މި ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގިނަ ބަޔަކަށް ފްލެޓް ދީފައެވެ. އެހެން ނަމަވެސް އެ ފަރާތްތަކާއި މި ސަރުކާެރުން ފްލެޓް ހަވާލުކޮށްދިނުން ލަސް ކަމަށް ބުނެ މާލޭގައި ދޭތެރެއަކުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ޗ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް