ޝާހިދު ދިޔަރެސް ނޫހަށް-ދިޔަރެސްއިން މަސައްކަތް ކުރަނީ އަނބުރު ކަތިލަން، ފްލެޓް ގަތީ ލޯނު ނަގައިގެން

ކުރީގެ ފޮރިން މިނިސްޓަރ އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ތިން ދަރިންނަށް ހުޅުމާލެއިން އަގުބޮޑު އެޕާޓްމެންޓަތަކެއް ގަނެފައިވާ ކަމަށް ބުނެ ދިޔަރެސްއިން މިއަދު ލިޔެފައިވާ ޚަބަރަށް ޝާހިދު ...

18 Aug 2024 | 10:09

ކުރީގެ ފޮރިން މިނިސްޓަރ އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ތިން ދަރިންނަށް ހުޅުމާލެއިން އަގުބޮޑު އެޕާޓްމެންޓަތަކެއް ގަނެފައިވާ ކަމަށް ބުނެ ދިޔަރެސްއިން މިއަދު ލިޔެފައިވާ ޚަބަރަށް ޝާހިދު ރައްދު ދެއްވައިފިއެވެ.

ޝާހިދު ވިދާޅުވީ، ދިޔަރެސް ނޫހުން މަސައްކަތް ކުރަނީ ޝާހިދުއާއި ޝާހިދުގެ އާއިލާގެ އަބުރު ކަތިލުމަށް ކަމަށެވެ. އަދި ޔަމީން ރެއިންކުރެސްޓް އިން ގަނެފައިވާ އެޕާޓްމަންޓް ގަނެފައިވަނީ ބެންކުން ލޯނެއް ނަގައިގެން ކަމަށާއި އެ ލޯނު މިހާރުވެސް ގެންދަވަނީ އަނބުރާ ދައްކަމުން ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ދިޔަރެސް ނޫހުން އެބުނާ ފްލެޓްތައް ގަނެފައިވަނީ ޝާހިދު ވަޒީފާގައި ހުންނެވި ފަސް އަހަރުގެ ތެރޭގައި ނޫން ކަމަށާއި އަދި ޝާހިދުއަކީ އޭރުވެސް މިހާރެކޭ އެއްފަދައިން އިދިކޮޅުޕާޓީގެ މީހެއް ކަމަށެވެ.

ހުޅުމާލޭގައި ދިހަ ބުރީގެ އެޕާޓްމަންޓެއް އިމާރާތްކޮށް ކުއްޔަށް ދިނުމުގެ ވިޔަފާރީ ކުރަމުން އަންނަތާ އެތައް ޒަމާނެއް ވެފައިވާ ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

"ﷲ ގެ ހެޔޮ ރަހްމަތްފުޅުން އަޅުގަނޑުގެ އާއިލާއަށް ބޭނުންވާ ކަންތައްތައް ޤާނޫނުގެ އިމުގެތެރޭގައި ކުރެވޭވަރުގެ ތަނަވަސްކަން ވަނީ މިންވަރު ކުރައްވާފަ" ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު އަދި އޭނާގެ އާއިލާ އަކީ ވެސް ދިވެހި ރައްޔިތުން ނަށްވީތީ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު ގާނޫނު އަސާސީގެ40 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސުވާލު އުފެދޭ ފަރާތްތަކުން އަބުރުކަތިލާ ޒާތީ ދިރިއުޅުމުގެ ކަންކަމާބެހި ގަނާކުރުމުގެ ބަދަލުގައި ޤާނޫނީ އިމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވައި އެ ކޮމިޝަނުން މިކަންކަން ބެއްލެވުމަށް ޝާހިދު ވަނީ އެދިލައްވާފައެވެ.

މިއަދު ދިޔަރެސްއިން ލިޔެފައިވާ ޚަބަރުގައިވާ ގޮތުގައި ޝާހިދުގެ ތިން ދަރިންނާއި ހަގު އަނބިކަނބަލުންނާއި ދޮންދަރީގެ އެޕާޓްމެންޓްތަކުގެ ޖުމްލަ އަގު25.3 މިލިއަން ރުފިޔާއަށް އަރައެވެ.

އެގޮތުން ޝާހިދުގެ އަނބިކަބަލުން ޒިފްލީނާ ފްލެޓް ގަތުމުގެ މައްސަލަ ވަނީ ޕީޖީއަށް ފޮނުވުމަށް  ނިންމާފައެވެ.ް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް