ތައިލެންޑުގެ އައު ބޮޑުވަޒީރު ކަމަށް ޝިނަވާތު

ތައިލެންޑްގެ އައު ބޮޑުވަޒީރު ކަމަށް ވިޔަފާރިވެރިޔާ އަދި ޕޮލިޓީޝަން ޕިޓަންޓާން ޝިނަވާތު އެންޑޯޒް ކޮށްފިއެވެ. އެ މަޤާމަށް ޝިނަވާތު އެންޑޯޒްކޮށްފައިވަނީ އެ ގައުމުގެ ރަސްގެފާނެވެ. އުމުރުން އެންމެ 37 އަހަރ...

18 Aug 2024 | 10:06

ތައިލެންޑްގެ އައު ބޮޑުވަޒީރު ކަމަށް ވިޔަފާރިވެރިޔާ އަދި ޕޮލިޓީޝަން ޕިޓަންޓާން ޝިނަވާތު އެންޑޯޒް ކޮށްފިއެވެ.

އެ މަޤާމަށް ޝިނަވާތު އެންޑޯޒްކޮށްފައިވަނީ އެ ގައުމުގެ ރަސްގެފާނެވެ.

އުމުރުން އެންމެ 37 އަހަރުގެ ޕިޓަންޓާން ވަނީ މިއަދު މަޤާމުގެ ހުވާ ކުރައްވާފައެވެ. މިއާއެކު ޕިޓަންޓާން ވެގެންގޮސްފައިމިވަނީ އެ ޤައުމުގެ ތާރީހުގައި އެންމެ ޒުވާން ބޮޑުވަޒީރު ކަމަށެވެ.

ޕިޓަންޓާންއަށް ބޮޑުވަޒީރުކަން ލިބިގެންދިޔައީ އެ ޤައުމުގައި ސިޔާސީ މަސްރަހު ގޯސްވެގެންގޮސްފައިވާ ހާލަތެއްގައި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝްރެއްތާ، އެ ޤައުމުގެ ކޮންޓިޓިއުޝަނަލް އަދި ޖުޑީޝަރީ ކޯޓުން ވަކިކުރުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް