ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނަތުގެ ދައުވާތަކުގެ ޝަރީއަތްތަކުގެ އަޑުއެހުން މި ހަފްތާއަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.
ރައީސް ޔާމިންގެ މައްޗަށް ދެ މައްސަލައެްގެ ދައުވާ އުފުލާފައި ވެއެވެ. އެގޮތުން އެއް މައްސަލައަކީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައެކެވެ. އަދި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެއެ މައްސަލައިގެ އަޑުއެހުން އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ މައްސަލައިގެ އަޑުއެހުން މި ހަފްތާގެ އަންގާރަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބަށް ފަހު ރައީސް ޔާމިންގެ މައްސަލަ ކޯޓުގައި ތާވަލްކޮށްފައެއް ނުވެއެވެ. މި މައްސަލަ ކްރިމިނަލް ކޮޓުގައި މި ހަފްތާއަށް ތާވަލްކޮށްފައި މިވަނީ އަހަރެއް ހާ ދުވަސް ފަހުންނެވެ.
މީގެއިތުރުން ރައީސް ޔާމިންގެ މައްޗަށް ކުރެވޭ އަނެއް ދައުވާ އަކީ ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަަލައެކެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ޔާމިންގެ މައްޗަށް11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ކްރިމިނަލް ކޯޓުން ބުނީ ހައި ކޯޓުން ތަހުވީލުކޮށްފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުދަ ދުވަހަށް ވަނީ ތާވަލްކޮށްފައި ކަމަށެވެ.
ރައީސް ޔާމިން މިނިވަން ވެފައިވަނީ މިދިޔަ އޭޕްރިލް މަހުގައެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމިން އަށް ވާދަ ނުކުރެވުނީ އިންތިހާބުގެ ވަގުތު ޖެހުނު އިރުވެސް އެ ހުކުމް ދެމިއޮތުމުގެ ސަބަބުންނެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މީގެ ކުރިންވެސް ޖަލު ހުކުމެއް އިވި އެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަާގައި އެމަނިކުފާނަށް ފަސް އަހަރުގެ ހުކުމެއް ދަށު ކޯޓުން އިއްވައި ހައި ކޯޓުން އެ ހުކުމް ދެމެހެއްޓިއެވެ.
އެހެން ނަމަވެސް ސްޕްރީމް ކޯޓުން2021 ވަނަ އަހަރުގެ ނޮވެމްބަރުު ގައި ހުކުމްކުރީ ޔާމީނަށް ޖަމާވެފައިވާ ދައުލަތުގެ ފައިސާ ކަން ޔަގީން ނުވާތީ، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ފުއްގިރިއާއި އާރަށް މައްސަލައިގެ ތަހުގީގު އޭރު ވެސް ދިޔައީ ޝަރީއަތުގައި ހިނގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް