އިންޑިއާގެ ތަރި ޝްރިޔާ ރާއްޖޭގައި

އިންޑިއާގެ ފިލްމީތަރި ޝްރިޔާ ސަރަން ބަޓްނާގަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. ޝްރިޔާގެ އިންސްޓަގްރާމް ޕޯސްޓްތަކުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޯގަ އާޓް ރިސޯޓްގައެ...

18 Aug 2024 | 06:32

އިންޑިއާގެ ފިލްމީތަރި ޝްރިޔާ ސަރަން ބަޓްނާގަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

ޝްރިޔާގެ އިންސްޓަގްރާމް ޕޯސްޓްތަކުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޯގަ އާޓް ރިސޯޓްގައެވެ. ބެލެވޭ ގޮތުގައި ޝްރިޔާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޝްރިޔާ އަކީ ތެލުގޫ، ތަމަޅަ އަދި ހިންދީ ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތޮލާއެކެވެ. އަދި މަގްބޫލު ނެށުންތެރިއެއްވެސް މެއެވެ.

ޝްރިޔާ މިފަހުން ކުޅުނު ހިންދީ ފިލްމުތަކަށް ބަލައިލާއިރު 2023 ވަނަ އަހަރު ކުޅުނު މިއުޒިކް ސްކޫލް، 2022 ވަނަ އަހަރު ކުޅުނު ދްރިޝިޔަމް 2 އަދި 2020 ވަނަ އަހަރު ކުޅުނު ސަބް ކައުޝަލް މަންގަލް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް