ގަވާއިދާ ޚިލާފަށް އުޅުނު 22 ބިދޭސީއަކު އަތުލައިގެންފި

މާލޭގައި ގަވާއިދާ ޚިލާފަށް އުޅުނު 22 ބިދޭސީއަކު އިއްޔެ އަތުލައިގެންފިއެވެ. އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ މާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ...

18 Aug 2024 | 06:03

މާލޭގައި ގަވާއިދާ ޚިލާފަށް އުޅުނު 22 ބިދޭސީއަކު އިއްޔެ އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ މާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން އިއްޔެ ހެނދުނު ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ގ. ހީނާމާގެ ޕާކިން ސަރަހައްދުން ބަލައި ފާސްކޮށް، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

މީގެ އިތުރުން މާފަންނު ސަރަހައްދުގައި، ބިދޭސީން ދިރިއުޅެމުންދާ އެކޮމޮޑޭޝަން ބްލޮކެއްގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލުން ހިއްސާކުރުމާ ގުޅިގެން އެތަން ބަލާ ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް